Advertisement
ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 19:29
އީސީގެ ރައީސް ފުއާދު ތައުފީގު (މ) އަދި މެންބަރުން މަޖިލިސް ކޮމިޓީގައި
އީސީގެ ރައީސް ފުއާދު ތައުފީގު (މ) އަދި މެންބަރުން މަޖިލިސް ކޮމިޓީގައި
މަޖިލިސް
މަޖިލިސް މެންބަރުންގެ އަދަދު
މެމްބަރުންގެ އަދަދާއި ގުޅޭ އީސީގެ ލފާ - ލިމިޓް ހަމަޖައްސާ އަތޮޅަކަށް 2، އަދި ބާކީ ގޮނޑިތައް އާބާދިއަށް ބަލާފައި ބަހާލުން
އަދަދު ލިމިޓްނުކުރުމުގެ ސަބަބުން ބައެއް އިންތިހާބުތަކުގައި މުޅި ދާއިރާ އެއްކޮށް ބަދަލުކުރަން ޖެހޭ
77ގެ ނިސްބަތުން ބަހާލުމުން 2050 އާ ހަމައަށް އެއްވެސް ގޮތަކަށް ދާއިރާ ބަދަލުނުކޮށް ރައްޔިތުންނަށް މަޖިލިސް އިންތިޚާބުގައި ވޯޓު ލެވޭނެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރުވަމުން އަންނަ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން، އެ ކޮމިޝަންގެ ލަފާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ދީފިއެވެ.

ހޯމަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މެންބަރުންގެ އަދަދު ކޮމިޝަނުން ކަނޑައެޅުމުގެ ބަދަލުގައި ބޭނުންވަނީ މެންބަރުންގެ އަދަދު ލިމިޓްކުރުމަށް ކަމަށެވެ. އެގޮތުން ވަކި އަދަދެއް ކަނޑައެޅުމަށްފަހު ކޮންމެ އަތޮޅަކަށް މަދުވެގެން 2 މެންބަރުން ހަމަޖައްސާ، އަދި ލިމިޓަށް ބަލާފައި އިތުރުވާނަމަ އާބާދިއަށް ބަލާފައި މެންބަރުން ބަހާލުން ކަމަށެވެ.

Advertisement

ފުއާދު ވިދާޅުވީ މަޖިލީހުގެ އެއްދައުރުން އަނެއް ދައުރަށް މެންބަރުންގެ އަދަދު އިތުރުވާ އިރު، އެ އަދަދު ލިމިޓްނުކުރުމުގެ ސަބަބުން ބައެއް އިންތިހާބުތަކުގައި މުޅި ދާއިރާ އެއްކޮށް ބަދަލުކުރަން ޖެހޭ ހާލަތާ ދިމާވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ފުއާދު ނެންގެވީ ގއ. އަތޮޅުގެ އިދާރީ ދާއިރާތައް ބަދަލުކުރުމާއި އާބާދީއަށް އައި ބަދަލާއެކު ކުރިން އޮތްގޮތް ނޫން މުޅިން އެހެން ގޮތަކަށް ދާއިރާތައް ބަދަލުކުރަންޖެހުމެވެ.

އަޅުގަނޑުމެން ވިސްނާފައި މިވާގޮތަކީ ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދިނުން. މިސާލަކަށް 77 ކަމަށް ވާނަމަ ފުރަތަމަ މާލެއަށް ދެ ގޮނޑިއާ ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދިނީމާ 42 ގޮނޑި. ދެން ބާކީ އިންނާނީ 35 ގޮނޑި. ދެން އެ 35 ގޮނޑިއަކީ އާބާދީގެ ނިސްބަތުން އަތޮޅުތަކަށް ބަހާލެވޭ ގޮނޑިތަކެއް. 77ގެ ނިސްބަތުން ބަހާލުމުން 2050 އާ ހަމައަށް އެއްވެސް ގޮތަކަށް ދާއިރާ ބަދަލުނުކޮށް ރައްޔިތުންނަށް މަޖިލިސް އިންތިޚާބުގައި ވޯޓު ލެވޭނެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

ފުއާދު ވިދާޅުވީ މެންބަރުންގެ އަދަދުގައި ކެޕް އެޅުވިފައި އިނުން އެއީ ކޮމިޝަންގެ ސްޓޭންޑް ކަމަށެވެ. އަދި 77 ވިޔަސް 65 ވިޔަސް އަދި 75 ވިޔަސް ކެޕް ވެފައި ކޮންމެ އަތޮޅަކަށް ދެ ސީޓް ލިބިފައި އާބާދީގެ ނިސްބަތުން ކަނޑައެޅުން އެއީ ކޮމިޝަނުން ބޭނުންވާ ގޮތް ކަމަށެވެ.

މަޖިލީހުގެ ދާއިރާތައް މިހާރު އޮންނަނީ ކޮންމެ 5،000 މީހުންގެ އާބާދީއަކަށް ގޮނޑިއެއްގެ ބީދައިންނެވެ. މި އުސޫލާއެކު ކޮންމެ ފަސް އަހަރަކުން ދާއިރާތައް ދަނީ އިތުރުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް