ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 14:06
ގާޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕުން ފަލަސްތީނުގެ ރައްޔިތުން ނުކުންނަން ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހު
ގާޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕުން ފަލަސްތީނުގެ ރައްޔިތުން ނުކުންނަން ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހު
އޭއެފްޕީ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
ރެފިއުޖީ ކޭމްޕްތަކުން ފަލަސްތީން މީހުން ނުކުންނަން ޔަހޫދީ ސިފައިން އެންގުމުން ހާސް ކަމާ ނުތަނަވަސްކަން
މިދިޔަ 24 ގަޑީއިރުގެ ތެރޭގައި ފަލަސްތީންގެ ހަމަލާތާކުގައި 66 ފަލަސްތީން މީހުން މަރުވެފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

ގާޒާ ސްޓްރިޕްގެ މެދުތެރޭގައި ވާ ބުރެއިޖް އާއި ނުސީރަތް ރެފިއުޖީ ކޭމްޕް ގައި ތިބި ފަލަސްތީން މީހުން އެ ތަންތަނުން ނުކުމެ އެ ސަރަހައްދުތައް ހުސްކުރުމަށް އިޒްރޭލު ސިފައިން އަމުރު ކުރުމާއެކު، ވަގުތީ ހިޔާވަހި ކަމުގައި ތިބި އެތައް ހާސް ފަލަސްތީން ރައްޔިތުންގެ މެދުގައި އިތުރު ހާސް ކަމާ ނުތަނަވަސްކަން އުފެދި އެ ސަހައްދުތަކުން ނުކުމެގެން ދެވުނު ގޮތަކަށް ދާން މަސައްކަތް ކުރާ ކަމަށް ޔޫއެން އޭޖެންސީ ފޯ ޕެލަސްޓީނިއަން ރެފިއުޖީސް (ޔޫއެންއާރްޑަބްލިޔުއޭ) އިން ހާމަ ކޮށްފިއެވެ.

ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ ގެ އޮފީހުން ބުނީ މުޅި ގާޒާ ސްޓްރިޕްގެ 86 އިން ސަރަހައްދަށް އޮތީ މީހުން ހުސްކުރުމުގެ އަމުރު އިޒްރޭލް ސިފައިން ނެރެފައި ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ގާޒާ ގެ ދެކުނުގެ މައި ދެ ސިޓީ ކަމަށްވާ ރަފަހް އާއި ޚާން ޔޫނިސް އަށް ބަރު ހަތިޔާރާއެކު ޓޭންކުތަކުގައި ދަނީ ވަންނަމުންނެވެ. އަނެއްކޮޅުން ފަލަސްތީންގެ ހަނގުރާމަ ވެރިންވެސް ގެންދަނީ ޔަހޫދީ ސިފައިންނާ ކުރިމަތިލާ ހަމަލާތައް ދެމުންނެވެ. ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާ ތަކުގައި 66 ފަލަސްތީން މީހުން ވަނީ މަރުވެފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައ މިހާތަނަށް ފަލަސްތީނުން 39،324 މީހުން ވަނީ މަރުވެފައެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 90،830ށް މިހާރު ވަނީ އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް