ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 09:42
އއ.އަތޮޅުގެ ވޮލީ ޗެމްޕިއަން ތޮއްޑޫ ޓީމް
އއ.އަތޮޅުގެ ވޮލީ ޗެމްޕިއަން ތޮއްޑޫ ޓީމް
އަރިއުތުރު ކުޅިވަރު ފެސްޓިވަލް
އއ.އަތޮޅުގެ ވޮލީ ޗެމްޕިއަންކަން ތޮއްޑޫ އިން ދިފާއުކޮށްފި
ފައިނަލް މެޗު ކާމިޔާބުކުރީ ރަސްދޫއާ ވާދަކޮށެވެ.

އއ.އަތޮޅުގެ ވޮލީ ޗެމްޕިއަންކަން ތޮއްޑޫ އިން ދިފާއުކޮށްފި އެވެ.

އއ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އަތޮޅުގެ ރަށްތަކުގެ މެދުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ކުޅިވަރު ފެސްޓިވަލްގައި ހިމެނޭ ފިރިހެން ޑިވިޝަން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތޮއްޑޫން ދިފާއުކުރީ ފައިނަލްގައި ސީދާ ތިން ސެޓުން ރަސްދޫ ބަލިކޮށްގެންނެވެ. ބޮޑުފޮޅުދޫގައި އާދިއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގެ ސެޓްތައް ތޮއްޑޫ ޓީމުން ގެންދިޔައީ 25-23, 25-19 އަދި 25-20 ނެވެ. ތޮއްޑޫ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެންނެވެ. ލީގު ބުރުގައިވެސް ތޮއްޑޫން ރަސްދޫ ބަލިކުރިއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ތޮއްޑޫ ޓީމަށް ކުޅުނު ލަންކާ ކުޅުންތެރިޔާ ގެމޭޖެ ގޮމާރާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާ އެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ރަސްދޫ ޓީމަށް ކުޅުނު ބިދޭސީ ކުޅުންތެރިޔާ ކަވިސްކާ މަދުޝަންކާ, ރަސްދޫގެ ރިޟްވާން ޝަރީފް, އަބްދުالله އަންވަރު, ތޮއްޑޫ ޓީމްގެ މުހައްމަދު ނައީމް, އަބްދުالله ޒަޔާން މުފީދެވެ. އެންމެ މޮޅު ލިބަރޯ އަކީ މަތިވެރި ޓީމްގެ ފައިސަލް އަބްދުއްސަމަދު އެވެ. ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކީ ތޮއްޑޫ ޓީމަށް ތަށި ހޯދައިދިން ޙުސައިން ފާރިޝް އެވެ.

މިމުބާރާތުގައި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު އެއް ކުޅުންތެރިއަކަށް ކުޅުމުގެ ފުރުޞަތު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް