ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 18:52
އަރިއުތުރު ކުޅިވަރު ފެސްޓިވަލްގައި މަތިވެރި އާއި ބޮޑުފޮޅުދޫ ވާދަކުރަނީ
އަރިއުތުރު ކުޅިވަރު ފެސްޓިވަލްގައި މަތިވެރި އާއި ބޮޑުފޮޅުދޫ ވާދަކުރަނީ
އަރިއުތުރު ކުޅިވަރު ފެސްޓިވަލް
އަރިއުތުރު ކުޅިވަރު ފެސްޓިވަލްގެ ދެ ފައިނަލްގައި ވެސް އެއްކޮޅުން ރަސްދޫ
ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހުއެވެ.

އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް އަމާޒުކޮށްގެން އަތޮޅު ކައުންސލުން ބާއްވާ ކުޅިވަރު ފެސްޓިވަލްގެ ދެ މުބާރާތުގެ ފައިނަލުންވެސް ރަސްދޫ ޖާގަ ހޯދައިފި އެވެ.

އަރިއުތުރު ކުޅިވަރު ފެސްޓިވަލްގައި ހިމެނެނީ ދެ މުބާރާތެކެވެ. އެއީ އަންހެނުންނަށް ޚާއްޞަ ހޭންޑްބޯޅަ މުބާރާތަކާއި, ފިރިހެނުންނަށް އަމާޒުކޮށްފައިވާ ވޮލީބޯޅަ މުބާރާތެވެ. ދެ މުބާރާތުގެ ފައިނަލުންވެސް އެއް ކޮޅުން ރަސްދޫ ވާދަކުރެއެވެ. ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުން ރަސްދޫ ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ހަތަރު ޓީމް ވާދަކުރާ މުބާރާތުގެ ފައިނަލްގެ ޖާގަ ރަސްދޫ ކަށަވަރުކުރިއިރު ބާކީ އެޓީމަށް އެއް މެޗު އޮތެވެ. ހޭންޑްބޯޅަ ފައިނަލްގައި ރަސްދޫއާ ވާދަކުރާނީ ބޮޑުފޮޅުދޫ ޓީމެވެ. ބޮޑުފޮޅުދޫ ފައިނަލުން ޖާގަ ހޯދީ ހޮނިހިރު ދުވަހު ހަވީރު މަތިވެރި ބަލިކޮށްގެންނެވެ. މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބެން އޮތް މެޗު ބޮޑުފޮޅުދޫން ކާމިޔާބުކުރީ 23-12 ލަނޑުންނެވެ. ލީގު ބުރުގައި ބޮޑުފޮޅުދޫ ބަލިވީ ރަސްދޫ އަތުންނެވެ. އުކުޅަހާއި މަތިވެރި ބަލިކުރިއެވެ.

ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި ރަސްދޫ ވާދަކުރާނީ ތޮއްޑޫއާއެވެ. މިމުބާރާތުގައި އަތޮޅުގެ ފަސް ރަށުން ވާދަކުރެއެވެ. އެއީ ރަސްދޫއާއި ތޮއްޑޫގެ އިތުރުން ބޮޑުފޮޅުދޫއާއި, މަތިވެރިއާއު, ފެރިދޫ އެވެ. ލީގު ބުރުގައި ތޮއްޑޫ ތޮއްޑޫ ވަނީ ފުރަތަމަ ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. އަދި ރަސްދޫ ވެސް ވަނީ ތިން މެޗު ކާމިޔާބުކޮށްފައެވެ. ފައިނަލްގެ ކުރިން ހޮނިހިރު ދުވަހުގެރޭ މިދެޓީން ވާދަކުރާނެ އެވެ. މުބާރާތުގައި ވާދަކުރި އަނެއް ތިން ޓީމްގެ ތެރެއިން މަތިވެރިއާއި ފެރިދޫ ވެސް މޮޅުވީ އެއް މެޗުންނެވެ. ލީގު ބުރުގައި އެދެޓީމްވެސް ހޮނިހިރު ދުވަހުގެރޭ ވާދަކުރާނެ އެވެ.

ހޭންޑްބޯޅަ ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހު ހަވީރެވެ. ވޮލީ ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހުގެ ރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް