Advertisement
ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 23:58
7 ވަނަ އިންޓަރ ސްކޫލް ކިޑްސް ސްވިމިންގ ފެސްޓިވަލް ނިމުމުގެ ރަސްމިއްޔާތު
7 ވަނަ އިންޓަރ ސްކޫލް ކިޑްސް ސްވިމިންގ ފެސްޓިވަލް ނިމުމުގެ ރަސްމިއްޔާތު
ބީއެމްއެލް
އިންޓަރ ސްކޫލް ކިޑްސް ސްވިމިންގ ފެސްޓިވަލް
7 ވަނަ އިންޓަރ ސްކޫލް ކިޑްސް ސްވިމިންގ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ފެސްޓިވަލް ގައި 23 ސްކޫލަކުން ހުނަރުވެރި 485 ފެތުންތެރިން އެ ދަރިވަރުންގެ ފެތުމުގެ ހުނަރު ދައްކާލުމަށް ބައިވެރިވެފައިވޭ

ބޭންކް އޮފް މޯލްޑިވްސް އަދި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހުޅުމާލެ، އިންޑޯ ސްވިމިންގ ޕޫލްގައި ކުރިއަށް ގެންދިޔަ 7 ވަނަ އިންޓަރ ސްކޫލް ސްވިމިންގ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

6 ދުވަހަށް ކުރިޔަށްދިޔަ މި ފެސްޓިވަލް ގައި 23 ސްކޫލަކުން ހުނަރުވެރި 485 ފެތުންތެރިން އެ ދަރިވަރުންގެ ފެތުމުގެ ހުނަރު ދައްކާލުމަށް ބައިވެރިވެފައިވެއެވެ.

Advertisement

އުމުރުން 6 އަހަރާއި 10 އަހަރުގެ އުމުރުފުރާގެ ބައިވެރިން ވާދަކުރީ ފްރީސްޓައިލް، ފްލައި، ބެކްސްޓޯރޯކް، ބްރެސްޓްސްޓްރޯކް އަދި އިންޑިވިޖުއަލް މެޑްލީ ރޭސް ފަދަ ތަފާތު އިވެންޓްތަކުގައެވެ. މި ފެސްޓިވަލްގެ މަގުސަދަކީ ކުޅިވަރުގައި ޒުވާނުންގެ ކުރިއެރުން ފާހަގަކޮށް، ޒުވާން އެތުލީޓުންނަށް ކުޅިވަރުގެ ފުރިހަމަ ގާބިލްކަން ހާސިލް ކުރުމަށް ބާރުއެޅުމެވެ.

މި ފެސްޓިވަލްގެ ކްލޯސިންގ ސެރެމަނީ އިއްޔެ ބާއްވާ ވަނަވަނަ ހާސިލްކުރި ދަރިވަރުންނަށް ވަނީ މެޑަލް ހާވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް