ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 08:03
ޕީޕީއެމުން ރައްޔިތުން ތަރައްޤީ އާއި އެކު ބޭއްވި ހަރަކާތުގެ ތެރެއިން
ޕީޕީއެމުން ރައްޔިތުން ތަރައްޤީ އާއި އެކު ބޭއްވި ހަރަކާތުގެ ތެރެއިން
ރާއްޖެއެމްވީ
ރީކޯ މޫސަ
ޕީޕީއެމްގެ ހަރަކާތައް ދެން ދައްކާލާނީ މަގުމަތިން: ރީކޯ މޫސަ
މަގުމަތީ ހަރަކާތަކީ ވަކި ވައްޓަފާޅިއަކަށް ކުރިއަށް ގެންދަންޖެހެ ހަރަކާތެއް
އިދިކޮޅު ލީޑަރުން ހީފުޅުކުރައްވަނީ ޕީޕީއެމަށް މަގުމައްޗަށް ނުކުންނަން ނުކުރޭނެ ކަމަށް
މަގުމަތީ ހަރަކާތް ކުރިއަށް ގެންދާނީ ގާނޫނާއި ގަވައިދާ އެއްގޮތަށް

ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި މަގުމަތިން ދައްކާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ މަނިކު ( ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

 

ތަރައްޤީއާއި އެކު ރައްޔިތުން މި ނަމުގައި ހޮނިހިރު ދުވަހު ހަވީރު ލ. އަތޮޅު ފޮނަދޫގައި ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުން ހީކުރައްވަނީ ޕީޕީއެމަށް މަގުމައްޗަށް ނުކުންނަން ނުކުރޭނެ ކަމަށެވެ. މަގުމަތީ ހަރަކާތަކީ ވަކި ވައްޓަފާޅިއެއްގައި ކުރިއަށް ގެންދަން ޖެހޭ ހަރަކާތެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިދިކޮޅު ފަރާތަކަށް ޕީޕީއެމްގެ މަގުމަތީ ހަރަކާތް ދައްކާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

 

"ސިޔާސީ ކަންކަމަކީ ވަރަށް ފާނޑަކަށް ހިނގާ ކަންކަން، ސިޔާސީ ކަންކަން ކުރަނީ ސިޔާސީ ކަންކަން ކުރަން ދަންނަ މީހުން، ތަންތަނަން މީހުން އެއްވަނީ، މީހުން އެއްކުރަނީ، ސިޔާސީ ހަރަކާތް ކުރެވެނީ، ވަކި ވައްޓަފާޅިއަކަށް ކުރާ ކަމެއް އެއީ، އަޅުގަނޑުމެނަން އެކަން އެނގިގެން ﷲ އިރާދަކުރެއްވިއްޔާ މި ކުރަނީ، މިއަދުން ފެށިގެން 2018 ގެ އިންތިހާބާއި ހަމައަށް އަޅުގަނޑުމެން، ޕީޕީއެމް އަބަދުވެސް މަގުމަތިން ދައްކާނަން" ރީކޯ މޫސަ ވިދާޅުވިއެވެ.

 

އެހެންނަމެވެސް ޕީޕީއެމަކީ ވެރިކަން ކުރާ ޕާޓީއަށް ވުމުން މަގުމަތީ ހަރަކާތް ކުރިއަށް ގެންދަނީ އުފާފާޅުކުރާ ހަރަކާތެއްގެ ގޮތުގައި ކަމަށާއި އެ ހަރަކާތްތައް ވެގެންދަނީ ގާނޫނާއި ގަވައިދާއި އެއްގޮތަށް ކުރިއަށް ގެންދާ ހަރަކާތްތަކަށް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

 

" އަޅުޑުމެންގެ ހަރަކާތްތައް  ކުރިއަށް ގެންދާނީ އަދަބުވެރިކަމާއި، އިހްލާސްތެރިކަމާއި އެކީގައި، ރައްޔިތުންނަން ދުއްތުރާ ކުރާ ބައެއްގެ ގޮތުގައެއް ނޫން އިނގޭތޯ، އަޅުގަނޑުމެން މި މަސައްކަތް  ކުރަނީ މި ރާއްޖޭގެ ރައްޔިތުންނަން ޓަކައި" ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރަކާތައް އިޝަރާތް ކުރައްވާ މޫސަ ވިދާޅުވިއެވެ.

 

ޕީޕީއެމަށް ތާއިދު ކުރާ ބައެއް މެމްބަރުން އިދިކޮޅު ޕާޓީތަކަށް ތާއިދު ކުރުމުން އެކަމަށް އިޝާރަތް ކުރައްވާ މޫސަ ވިދާޅުވީ ޕީޕީއެމަށް ތާއިދު ކުރާ މީހުން އެޕާޓީއާއި އިދިކޮޅު ވަނީ ކީއްވެގެންކަން ނުވިސްނޭ ކަމަށެވެ. ތަރައްޤީގެ މައްސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާއިރު، ބައެއް މީހުން އިދިކޮޅު ވަނީ ޕީޕީއެމާއި ތޯ ނުވަތަ ސަރުކާރާއިތޯ އަދި ގައުމާތޯ ވެސް ނޭނގޭ ކަމަށް ޕީޕީއެމާއި ގުޅިވަޑައިގަތުމަށް ފަހު ބޭއްވި އެޕާޓީގެ ފުރަތަމަ ހަރަކާތުގައި ބައިވެރިވެ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވިއެވެ.

 

" ރައީސް ޔާމީން ނުބައްލަވާ އިނގޭތޯ ބޭބެ އަކަށް ، ކޮއްކޮއަކަށް، ގާނޫނު  ތަންފީޒު ކުރައްވަނީ، އެއީ ޑިމޮކްރަސީ އަކީ، އެއީ ހަގީގަތަކީ، ޑިމޮކްރަސީގެ މާނައަކީ ތިމާއަށް މޮޅުވާގޮތަށް، ތިމާއާއިލާއަށް މޮޅުވާ ގޮތަށް ކަންކުރުމެއް ނޫން" މޫސަ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
13 އޯގަސްޓް 2017 | އާދީއްތަ 11:43
ހަސަން
ކުރިންވެސް ރީކޯ މޫސަ މަގުމަތީގައި ކުޅިވަރު ދެއްކި އެއީ 2012 ފެބުރުވަރީ 08 ވަނަ ދުވަހު. އެ ކުޅިވަރު ދައްކާފައި ގޮސް އޮންނަންޖެހުނީ ހޮސްޕިޓަލުގައި.
13 އޯގަސްޓް 2017 | އާދީއްތަ 08:42
ކަނައްކަފޫޅު
ފައިސާފޮތީގެ ފަހަތުން ދުވާ ރީކޯ މޫސައޭ ބުންޏަސް މޭނުބައިކުރޭ!!! އެމްޑީޕީގެ ޢާއްމު މެމްބަރުން އޭރުވެސް ދިޔައީ ބުނަމުން މޫސައަކީ އެމްޑީޕީގެ ހަލާކޭ!!!!!މިއަދު މިއޮތީ އެހަޤީގަތްހާމަވެފާ