ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 10:51
ކެނަޑާ ޓީމްގެ ޕެރްކެޓިސްގެ ތެރެއިން: ފޮޓޯ-އޭޕީ
ކެނަޑާ ޓީމްގެ ޕެރްކެޓިސްގެ ތެރެއިން: ފޮޓޯ-އޭޕީ
އޮލިމްޕިކްސް 2024
ޑްރޯން އެރުވި މައްސަލާގައި ކެނެޑާ އަތުން 6 ޕޮއިންޓް އުނިކޮށް، ކޯޗު އެއް އަހަރަށް ސަސްޕެންޑް
ކޯޗު ސަސްޕެންޑް ކުރީ 1 އަހަރަށެވެ.

ޑްރޯން އެރުވި މައްސަލާގައި ކެނެޑާ އަތުން 6 ޕޮއިންޓް އުނިކޮށް، ކޯޗު އެއް އަހަރަށް ސަސްޕެންޑް ކޮށްފިއެވެ.

ތަހުގީގަށްފަހު މިފިޔަވަޅުތައް އެޅީ ފީފާއިންނެވެ. އޮލިމްޕިކްސްގައި ވާދަކުރާ ކެނެޑާ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗު ބެވާލީ ޕްރިއެސްޓްމެން ފީފާއިން ސަސްޕެންޑް ކުރުމުގެ ކުރިން ކެނެޑާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ. މުބާރާތުގައި ނިއުޒީލެންޑް އަތުން 2-1 ން މޮޅުވީ ކޯޗު ސަސްޕެންޑްކޮށް, ވަގުތީ ކޯޗުގެ ބެލުމުގެ ދަށުން ކުޅެއެވެ. ކެނަޑާއިން ޑްރޯން އަރުވައިގެން ބެލީ ނިއުޒީލެންޑްގެ ޕްރެކްޓިސް އެވެ. އެކަން ކުރީ ކެނަޑާ ޓީމްގެ ސަޕޯޓިންގ އޮފިޝަލެކެވެ. ފީފާގެ ތަހުގީގަށްފަހު ނިންމީ އެކަން ކޯޗަށް އިނގޭނެ ކަމަށެވެ. އެހެންކަމުން ފީފާގެ ނިންމުމަކީ އެކަމުގެ ޒިންމާ ކޯޗު އުފުލަން ޖެހޭނެ ކަމަށެވެ. ކޯޗުގެ އިތުރުން ދެ އޮފިޝަލަކުވެސް އެއް އަހަރަށް ސަސްޕެންޑް ކުރިއެވެ. އަދަބު އެޕީލް ކުރުމުގެ ފުރުޞަތު ކެނަޑާ ފެޑެރޭޝަނަށް އޮތް ނަމަވެސް އެކަމުގައި އަދި ގޮތެއް ނުނިންމައެވެ.

ގްރޫޕް ސްޓޭޖްގައި ކެނަޑާއަށް ދެން އޮތީ ފްރާންސްގެ އިތުރުން ކޮލަމްބިޔާއާ ވާދަކުރާ މެޗެވެ. ދެ މެޗުން މޮޅުވެގެންވެސް ގްރޫޕް ސްޓޭޖްގައި ހޯދޭނީ 3 ޕޮއިންޓެވެ. ކެނަޑާއަކީ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް