ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 01:26
ބަންޑާރަ ނައިބު މުހައްމަދު އަނިލް
ބަންޑާރަ ނައިބު މުހައްމަދު އަނިލް
މިހާރު
ޤާނޫނު އަސާސީ
ބަންޑާރަ ނައިބް މުޅި ނިޒާމް ގަޑުބަޑު ކޮށްލައިފި: މާރިޔާ
އަނިލް މަސައްކަތް ކުރައްވަނީ ރައީސް ޔާމީނަން ވަކި މަންފާއެއް ހޯދާދެއްވުމަށް
ދައުލަތުގެ ވަކީލުން ކަންތަށް ކުރައްވާ ގޮތުން މިއަދު ހިތާމަ ކުރަން
އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދާފަ

ބަންޑާރަ ނައިބް މުހައްމަދު އަނިލް މުޅި ނިޒާމް ގަޑުބަޑުކޮށްލައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީގެ 60 މިނެޓްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ދައުލަތުގެ ބަންޑާރ ނައިބް އަކީ ޒުވާން މުސްތަގްބަލް އޮތް ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް ކަނޑައެޅިގެން އެނގިހުރެ ގާނޫނު އަސާސީ އާއި ހިލާފަށް ނުފޫޒުގެ ބޭނުންކޮށްގެން ރައީސް އަބްދުﷲ ޔާމީންނަން ވަކި މަންފާއެއް ހާސިލްކޮށްދިނުމަށް މަސައްކަތް ކުރަތީ ބަންޑާރ ނައިބް އަނިލްގެ އިތުބާރު ނެތް ކަމުގެ މަސައްލަ ހުށައެޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް މަޖުބޫރުވީކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެކަން ކުރާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

 

"ދައުލަތުގެ ބަންޑާރ ނައިބް އަކީ ވެސް ހަމަ ޒުވާން ބޭފުޅެއް. ކުރިއަށް މުސްތަގްބަލް ވެސް އޮތް ބޭފުޅެއް.، އެހެންނަމެވެސް އަޅުގަނޑުމެންނަން މަޖުބޫރުވެފައި ވަނީ އެބޭފުޅާއިގެ ދައުލަތް ތަމްސީލްކުރެއްވުމުގައި، އެބޭފުޅާއި ޕީޕީއެމްގެ ވައި ފެކްޝަން ތަމްސީލް ކުރެއްވުމަށް ބުރަވެޑައިގެން އަދި އެކި ގޮތްގޮތް ހޯދާއިދެއްވުމަށް ވެސް މަސައްކަތް ކުރައްވަނީ ދައުލަތުގެ ތެރެއިން ވަކި ބަޔަކަށް ވަތީ. އަދި ގާނޫނު އަސާސީގެ ވަކި މާއްދާތަށް ހުރި ގޮތް ވެސް ކަނޑައެޅިގެން އެނގިވަޑައިގެން މުޅި ނިޒާމް އެ ގަނޑުބޮޑު ކޮށްލަނީ" ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވިއެވެ.

 

ގުޅިފައިވާ ޕާޓީތަކުން އޯގަސްޓް މަހުގެ 11 ވަނަ ދުވަހު ވަނީ ބަންޑާރ ނައިބް އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާފައެވެ.  އެ މައްސަލައިގައި ބުނެފައިވަނީ ބަންޑާރަނައިބުގެ މަގާމުގައި އަނިލް ހުންނަވައިގެން ބާރުތައް ވަކިވެފައިވާ ނިޒާމް ގަނޑުބަޑުކޮށް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މަސައްކަތުގައި ރިއާޔަތްކުރަންޖެހޭ ކަންކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވަމުންގެންދަވާ ކަމަށެވެ. މީގެ އިތުރުން، ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެމީހަކު އިންތިޚާބުވެފައިވާ މަގާމުގއި ދެމި ހުންނާނެ ކަމަށް ބުނެފައިވާއިރު، އެ މާއްދާއަށް ބެލުމެއްނެތި ސުޕްރީމް ކޯޓުގައި ވަކާލާތުކޮށް ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ އިމްތިޔާޒަށް އަރައިގަނެ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑާލާފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

 

މާރިޔާ އިތުރަށް ވިދާޅުވީ، މިއަދު ކޯޓްތަކަށް ވަކާލާތް ކުރަމަށްދާ ދައުލަތުގެ ވަކީލުން ވަކާލާތު ކުރަނީ ރައީސް އަބްދުﷲ ޔާމީން ނިންމަވާ ނިންމެވުންތަކަށް ބާރުލިބޭ ގޮތަކަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރި މަސައްކަތަށް ފުލުހުންނާއި ސިފައިން ހުރަސް ނޭޅޭނެ ކަމަށާއި ، މިއަދު މަޖިލީހަށް ވަދެވަޑައިގަތުމަށް މަޖިލީސް މެމްބަރުން ވަޑައިގަތުމުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަކީ ހިތާމަވެރި ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

 

" އޯގަސްޓް ބާރަ ތޭރަ އައިރު، މި ދަންނަވާނީ ދެ ވަނަ އޯގަސްޓް ބާރަ ތޭރަ އައި ދުވަހު، އެތަން ބައިވަރު ކަންތަށްތަކެއް ހިނގަމުން ދިޔަ އިރުވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަޅުގަނޑު ހަދާން އެބަހުރި އޭރު ފ. އަތޮޅު ތަމްސީލް ކުރައްވާ މެމްބަރު ހަމްޒާއާއި، ދ. އަތޮޅު ތަމްސީލް ކުރައްވާ މުހައްމަދު ސިހާބާއި، އެހެން ގޮސް އެތަށް ބައިވަރު މެމްބަރުންތަކެއް ވަދެވަޑައިގެންނެވި މަޖިލީސް ކުރާ ގެއަށް" މާރިޔާ ވިދާޅުވިއެވެ.

\

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް