Advertisement
ކ. މާލެ
|
26 ޖުލައި 2024 | ހުކުރު 23:24
ސަފާރީއެއް ފަރަށް އެރުން
ސަފާރީއެއް ފަރަށް އެރުން
ޓްވިޓަރ
ސަފާރީ އެއް ފަރަށް އެރުން
ގިނަ އަދަދެއްގެ ޓޫރިސްޓުނާއި އެކު ދަތުރުކުރި ސަފާރީއެއް މ. ވޭވަށު ފަރަށް އަރައިފި
އެ ސަފާރީ ވޭވަށު ފަރަށް އަރާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ
ފަރަށް އަރާފައިވާ ސަފާރީ އަކީ "މައިނާ އެކެއް" ކިޔާ ސަފާރީއެއް

ގިނަ އަދަދެއްގެ ޓޫރިސްޓުނާއި އެކު ދަތުރުކުރި ސަފާރީއެއް މ. ވޭވަށު ފަރަށް އަރައިފިއެވެ.

އެ ސަފާރީ ވޭވަށު ފަރަށް އަރާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ފަރަށް އަރާފައިވާ ސަފާރީ އަކީ "މައިނާ އެކެއް" ކިޔާ ސަފާރީއެކެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުން ފަރަށް އެރި އުޅަނދުގައި ތިބީ 18 ފަތުރުވެރިންނާއި 9 ފަޅުވެރިންނެވެ. އެއިން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ކަަމާއި ބެހޭ ފަރާތްތަކުން މައުލޫމާތުދީފައިވެއެވެ.

އެ ސަފާރީގެ ވީޑިއޯތައް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުން ސަފާރީގެ ބޮޑުބައި އޮތީ މޫދު އަޑީގައެވެ.

މި ހާދިސާ ހިނގި ސަބަބު އަދި ކަމާއި ގުޅުން ހުރި އިދާރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ސަފާރީ ފަރަށް އެރި ކަމަށް ބެލެވެނީ މޫސުން ގޯސްވުމުގެ ސަަބަބުން ސަފާރީގެ ނަގިލިކަހާލައިގެން ކަމަށް ވަނީ އަޑު ފެތުރިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް