Advertisement
ކ. މާލެ
|
16 ޖުލައި 2023 | އާދީއްތަ 10:00
ރައީސް ޞާލިހު ވޭވަށަށް ވަޑައިގެން މަރުހަބާ ދަންނަވަން ތިބި ފަރާތްތަކާއި ސަލާމްކުރައްވަނީ
ރައީސް ޞާލިހު ވޭވަށަށް ވަޑައިގެން މަރުހަބާ ދަންނަވަން ތިބި ފަރާތްތަކާއި ސަލާމްކުރައްވަނީ
އެމްޑީޕީ
ރައީސް ވޭވަށަށް ވަޑައިގަތުން
ވޭވަށުން ރައީސް ޞާލިހަށް ހޫނު މަރުހަބާއެއް
ރައީސަށް ވޭވަށުން މަރުހަބާ ދެންނެވީ ރަތްދޫލައިގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވޭވަށަށް ވަޑައިގަތުމުން މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ޞާލިހު ވޭވަށަށް ވަޑައިގެންނެވީ އާދީއްތަ ދުވަހުގެ ހެނދުނުއެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވީ ކައުންސިލް މެންބަރުންނާއި، ރަށުގެ އެކި އުމުރު ފުރައިގެ މީހުން ނުކުމެ ރަތް ދޫލައިގައެވެ. ރައީސް ވޭވަށަށް ވަޑައިގަންނަވާފައިވަނީ "އުފާވެރި އަމާންރާއްޖެ" ކެމްޕޭންގެ ތެރެއިންނެވެ. އެމަނިކުފާނުގެ އަރިހުގައި ކޯލިޝަން ޕާޓުނަރުންކަމުގައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭގެ އިސް ފަރާތްތަކާއި، އެމްޑީޕީގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

ވޭވަށަކީ 240 ވަރަކަށް ދިވެހިންނާއި، 64 ބިދޭސީން ދިރިއުޅެމުން އަންނަ ރަށެކެވެ. މި ރަށުުގައި ސަރުކާރުން 11 ވަރަކަށް މަޝްރޫއު އެކި މަރުހަލާގައި ކުރިއަށްދެއެވެ.

ރައީސް ވޭވަށަށް ވަޑައިގެންފައިވަނީ، މ. މުލަކު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް