ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 20:47
ޕީޕީއެމް އިން ކުރިއަށްގެންދިޔަ ސައިލްކަލް ބުރު ހަރަކާތެއް
ޕީޕީއެމް އިން ކުރިއަށްގެންދިޔަ ސައިލްކަލް ބުރު ހަރަކާތެއް
ފާތިމަތު ޝަނާ މުހައްމަދު
ޕީޕީއެމް ކެމްޕެއިން ހަރަކާތް
"ތަރައްގީ އާއި އެކު ރައްޔިތުން" ގެ ނަމުގައި ޕީޕީއެމް އިން 25 ރަށުގައި ހަރަކާތްތަކެއް ހިންގައިފި!
މި ހަރަކާތްތައް އައްޑޫ ސިޓީގައި ވެސް ކުރިއަށްގެންގޮސްފައިވޭ
ސައިކަލު ބުރު ތަކާއި ކުޑަކުދިންގެ ހަވީރުތަކާއި މިޔުޒިކް ޝޯތައްވަނީ ބާއްވާފައި
ސަރުކާރުގެ ގިނަ މުއައްސަސާތަކުން ވަނީ ހަރަކާތުގައި ބައިވެރިވެފައި

"ތަރައްގީ އާއި އެކު ރައްޔިތުން" ގެ ނަމުގައި ޕީޕީއެމް އިން ރާއްޖޭގެ 25 ރަށެއްގައި ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި އެވެ.

މިފަދަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ ބޭނުމަކީ، ރައީސް ޔާމީން އަބްދުﷲ ޔާމީންގެ ސަރުކާރުން ގައުމަށް ކޮށްދެއްވާފައިވާ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބަލައިގެންފާވާކަން ހާމަކުރުން ކަަމަށް އެޕާޓީން ބުނެއެވެ..

ރާއްޖޭގެ އެކި އަތޮޅުތަކުގެ 25 ރަށެއްގައި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ އިރު ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ހިންނަވަރު، ކ. ތުލުސްދޫ، އއ. ތޮއްޑޫ ފަދަ ރަށްރަށުގައި ވަނީ ހިނގާލުންތަކާއި ރެލީތައް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ވެސް ހާއްސަ ހަރަކާތްތަކެއް ޕީޕީއެމް އިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސައިކަލު ބުރު ތަކާއި ކުޑަކުދިންގެ ހަވީރުތަކާއި މިޔުޒިކް ޝޯތަކާއި ހިނގާލުންތަކާ ޝުއޫރު ފާޅުކުރުމުގެ ހަރަކާތްތައް މި ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިހަރަކާތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މި ހަރަކާތްތަކުގެ ތެރެއިން ޤާނޫނު އަސާސީއަށް 9 އަހަރު ފުރުން ވެސް ފާހަގަ ކުރެވިގެންދާނެ ކަމަަށެެވެ.

 މި ހަރަކާތްތަކުގައި މުވައްސަސާތަކާއި ސަރުކާރުގެ އެކި ކުންފުނިތަކުން މި ހަރަކާތްތައް ހިންގުމަށްޓަކައި އެހީތެރިވާނެ ކަމަށް ޕީޕީއެމް އިން ބުނެ އެވެ.

ޕީޕީއެމް އިން ގިނަ ރައްޔިތުންތަކެއް ބައިވެރިކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފާ އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ، ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި ޕީޕީއެމް އިން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް ސިވިލް ސާރވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވި ނަމަވެސް މިސަރުކާރަށް ތާއީދު ނެތްކަން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން އޮންނާނީ ދައްކާލާފަ ކަމަށެެވ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް