ކ. މާލެ
|
24 ޖުލައި 2024 | ބުދަ 12:33
ކެނަޑާ ޓީމްގެ ޕެރްކެޓިސްގެ ތެރެއިން: ފޮޓޯ-އޭޕީ
ކެނަޑާ ޓީމްގެ ޕެރްކެޓިސްގެ ތެރެއިން: ފޮޓޯ-އޭޕީ
އޮލިމްޕިކްސް 2024
އޮލިމްޕިކްސް؛ ނިއުޒީލެންޑް ޕްރެކްޓިސް ކުރަމުން ދިޔައިރު ކެނަޑާއިން ޑްރޯން އެރުވި މައްސަލައެއް!
ބުރާސްފަތި ދުވަހު ކެނަޑާއާއި ނިއުޒިލެންޑް ވާދަކުރާނެ އެވެ.

އޮލިމްޕިކްސްއަށް ތައްޔާރުވާ ނިއުޒީލެންޑްގެ އަންހެން ފުޓްބޯޅަ ޓީމް ޕްރެކްޓިސް ކުރަމުން ދިޔައިރު ކެނަޑާ ޓީމްގެ ސަޕޯޓިންގ އޮފިޝަލެއް ޑްރޯން އެރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ. އެމައްސަލަ ނިއުޒީލެންޑް އޮލިމްޕިކް ކޮމިޓީން މިހާރު ވަނީ ރަސްމީކޮށް ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ އިންޓެގްރިޓީ ޔުނިޓަށް ހުށަހަޅާފައެވެ.

މިހަފްތާގެ ކުރީކޮޅު މިހާދިސާ ހިނގާފައި މިވަނީ ނިއުޒީލެންޑާއި ކެނަޑާ ވާދަކުރާ މެޗު ކުރިމަތީގައި ވަނިކޮށެވެ. އެންމެ ފަހުގެ ޗެމްޕިއަން ކެނަޑާއާއި ނިއުޒީލެންޑް ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ވާދަކުރާނެ އެވެ. އެމައްސަލަ ފެންމަތިވުމާއެކު އެންމެ ފުރަތަމަ ހުށަހެޅީ ފުލުހުންނަށެވެ. އަދި ޑްރޯން އެރުވި މީހާ ދެނެގަނެ, ފަހުން ރަސްމީކޮށް ބައިނަލްއަޤްވާމީ އޮލިމްޕި ކޮމިޓީގެ ކަމާގުޅޭ ޔުނިޓަށް މައްސަލަ ހުށަހެޅި ކަމަށް ނިއުޒީލެންޑް އޮލިމްޕިކް ކޮމިޓީން ބުންޏެވެ. މިމައްސަލައާ ގުޅިގެން ކެނެޑާ އޮލިމްޕިކް ކޮމިޓީން ވަނީ މަޢާފަށްވެސް އެދިފައެވެ.

ރިޕޯރޓްތައް ބުނާ ގޮތުން މިއީ ޑްރޯން އަރުވައިގެން އެހެން ޓީމެއްގެ ޕްރެކްޓިސް ކެނަޑާއިން ބެލި ފުރަތަމަ ފަހަރެއް ނޫނެވެ. 2021 ވަނަ އަހަރު އެފަދަ ހާދިސާއަކާ ގުޅިގެން ހޮންޑިއުރަސް އިން ޕްރެކްޓިސް ހުއްޓާލާފައި ވެއެވެ. އެއީ ވަރލްޑް ކަޕް ކޮލިފައިންގ އަށް ތައްޔާރުވާން ކުރި ޕްރެކްޓިސް އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް