ކ. މާލެ
|
23 ޖުލައި 2024 | އަންގާރަ 15:33
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލު
ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެފި
އެ ބިލް ބަލައިގަންނަން ފެންނަ ކަަމަށް 71 މެމްބަރުން އަދި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 5 މެމްބަރުން ވަނީ ވޯޓުދެއްވާފަ
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު

ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންގޮސް، ބިލު މަޖިލީހަށް ބަލައިގަނެފިއެވެ.

އެ ބިލް ބަލައިގަންނަން ފެންނަ ކަަމަށް 71 މެމްބަރުން އަދި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 5 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ.

އެ ބިލް ދިރާސާކުރުމަށް ފޮނުވާފައި ވަނީ ޖުޑީޝަރީ ކޮމިޓީއަށެވެ.

އެ ބިލު ހުށަހަޅާ މަޤްސަދެއްކަމަށް ބުނެފައި ވަނީ ސައިބަރ ސްޕޭސްގެ ކުށްތައް އިތުރުވަމުންދާތީ އަދި އެފަދަ ކުށްތައް ކުރާ ގޮތް އިތުރަށް ފުޅާކުރަމުންދާތީ އެފަދަ ހުއްޓުވާ ފިޔަވަޅު އެޅުމުގައި އެހެން ޤައުމުތަކާއި އެކު ޤާނޫނީ އެހީތެރިކަން ބަދަލުކުރުމަށް ކަނޑައަޅަން ޖެހޭ އިޖުރާއަތުތައް ކަނޑައެޅުމުވެ.

އެގޮތުން އިލެކްޓްރޯނިކް ހެކި ހޯދުމާއި، ކޮމްޕިއުޓަރ ސިސްޓަމްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒަރވްކުރުމާއި، ޕްރިޒަރވްކޮށްފައިވާ ޑޭޓާ އަވަސްގޮތެއްގައި ކާމަކުރުމާއި، ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ އަށް އެކްސެސްވުމާއި، ޓްރެފިކް ޑޭޓާ ރިއަލްޓައިމްގައި ނެގުމަށް އެހީތެރިކަން ބަދަލުކުރުމާއި ގުޅޭގޮތުންނާއި، ކޮންޓެންޓް ޑޭޓާ އިންޓަރސެޕްޓްކުރުމާއި ގުޅޭގޮތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުސޫލުތައް ކަނަޑައެޅުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ކޮމްޕިއުޓަރ ޑޭޓާ އާއި ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ ކުށަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށްތަކާ 24/7 ނެޓްވޯރކެއް ޤާއިމްކުރުމާއި ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

- ކޮމެންޓް