Advertisement
ކ. މާލެ
|
15 ޖުލައި 2024 | ހޯމަ 13:32
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް
ރާއްޖެއެމްވީ
ގެދޮރުވެރިކަމުގެ މައްސަލަ
މުޅި ސަރުކާރުގެ ވަގުތު ހުސްކޮށްގެންވެސް ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އާޒިމް ސަރުކާރަށް ގޮވާލައްވައިފި
މާލޭގައި ނުހަނު ދަތި ޙާލުގައި މީހުން އުޅެމުންދާ ކަމަށް ވިދާޅުވި
ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ނުކުރުމަށް ދައްކާ ބަހަނާ ރައްޔިތުން އަޑުއަހަން ބޭނުން ނުވޭ
އެއް ބަޔަކު ފިނި ކޮޓަރީގައި ތިބޭއިރު، އަނެއް ބަޔަކު އުޅޭ ޙާލުވެސް ބަލާލަން ޖެހޭ

މުޅި ސަރުކާރުގެ ވަގުތު ހުސް ކުރައްވައިގެންވެސް ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ގޮވާލައްވައިފިއެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ނުކުރުމަށް ދައްކާ ބަހަނާ ރައްޔިތުން އަޑުއަހަން ބޭނުން ނުވާ ކަމަށެވެ.

ފްލެޓު މައްސަލައަށް އަވަހަށް ގޮތެއް ނިންމައިދިނުމަށް އާޒިމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

Advertisement

އާޒިމް ވިދާޅުވީ، މާލޭގައި ނުހަނު ދަތި ޙާލުގައި މީހުން އުޅެމުންދާ ކަމަށާއި، އެއީ އެންމެންނަށްވެސް އެނގޭ ކަމެއް ކަމަށެވެ. އެކަން އެނގޭއިރު ގެދޮރުވެރިކަމުގެ މަޝްރޫއު މަޑުޖެހިފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ބުދަ ދުވަހު ކައުންސިލުން އެކަމާ ގުޅިގެން މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހު ސަރުކާރުގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ. ކައުންސިލުން ނިންމާ ނިންމުންތަކުގައި ކޮންމެ ރައްޔިތެއްގެ ޙައްޤުވެސް މުހިއްމު ކުރައްވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެއް ބަޔަކު ފިނި ކޮޓަރީގައި ތިބޭއިރު، އަނެއް ބަޔަކު އުޅޭ ޙާލުވެސް ބަލާލަން ޖެހޭ ކަމަށާއި، ބަޔަކަށް ދީފައިވާ ފްލެޓާއި ގޯތި އަތުލައިގެން ނުވާނެ ކަމަށެވެ.

އެއްޗެއް ދީފައި އޮތިއްޔާ އެއަށް އޮނަރ ކުރަން ޖެހޭނެ
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް

އެމްޑީޕީން ރައްޔިތުންގެ ގާތަށް ގޮސް، ކަންބޮޑުވުންތައް އަޑުއަހައިގެން، ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މިއަދުގެ ސަރުކާރުގައި ވެރިކަމަށް 8 މަސް ވެގެންދާއިރު، ފްލެޓުތައް އޭގެ ހައްގުވެރިންނަށް ހަވާލުކޮށް ނުދެވުމަކީ ކަންބޮޑުވުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އާޒިމް ވަނީ ސަރުކާރުގެ މުޅި ވަގުތު ހުސް ކުރައްވައިގެންވެސް ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް