ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 01:43
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމަށް ފުލުހުން ހުރަސް އަޅަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމަށް ފުލުހުން ހުރަސް އަޅަނީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ ބަދަލު
ޖަލަށް ދާން އެބަޖެހޭ: ނިޒާރު
ރައީސް ޔާމީން މަސައްކަތް ކުރަން އޮތީ އެންމެ ދެ ގޮތް
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ވަކި މީހަކަށް ފައިދާވާ ގޮތަކަށް
އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގެންފި

ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ ގައުމީ މަސައްކަތުގެ ތެރެއިން ޖަލަށް ދާންޖެހިއްޖެނަމަ އެކަން ކޮށްގެން ވެސް ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޒާރު ވިދާޅުވިއެވެ.

 

"ރައްޔިތުންގެ ބަދަލު" ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މިއަދު ދިވެހި ރާއްޖެ ސިފަކުރެވެނީ ޖަލެއްގެ ގޮތުގައެވެ. ގާނޫނު އަސާސީން ރައްޔިތުންނަން ލިބިދީފައިވާ ހައްގުތައް ރައީސް ޔާމީންގެ ސަރުކާރުން ނިގުޅާއިގަތުމުން، މިނިވަންކަމެއް ނެތް ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންކަމުން  ހައްގުތައް ކަށަވަރު ކުރުމަށް، ބާރުތައް ވަކިކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތުގެ ތެރެއިން ހައްޔަރުކޮށް ޖަލަށް ދާން ޖެހިއްޖެނަމަ އެކަން ކޮށްގެން ގެއްލިފައިވާ މިނިވަންކަން އަބުރާ ހޯދަން ޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

 

" މި ފުރުސަތު ދީގެން ތިބި ނަމަ، އަޅުގަނޑުމެން ފަހަތަށް ދާނެ ހިސާބެއް ވެސް ތި ލޮބުވެތި ރައްޔިތުންނަން ފެނިގެން ނުދޭ، ޖަލަށް ދާންޖެހިއްޖެނަމަ، ޖަލަށް ދާން ޖެހިއްޖެނަމަ، ޖަލަށްދާން ތައްޔާރުވެ މިކަން ކުރަން އެބަޖެހޭ، ޖަލަށް ދާން ތައްޔާރު ނުވެއްޖެނަމަ އަޅުގަނޑުމެން ތިބެން ޖެހޭނީ މާ ބޮޑު ޖަލެއްގައި ، މާ ބޮޑު އަނދަ ގޮޑިއެއްގައި، މާ ބޮޑު ކޮއްޓަކަށް އެ ލެވެނީ، މިއީ ސައްކެއް އޮތް ކަމެއް ނޫން" އަލީ ނިޒާރު ވިދާޅުވިއެވެ.

 

އަލީ ނިޒާރު ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ ކޮންމެ ޕޮރޮޖެކްޓަކީ ވަކި މީހަކަށް މަންފާވާގޮތަށް ކޮރަޕްޝަނުން ހިންގާ ޕްރޮޖެކްޓުތަކެއް ކަމުގެ ތުހުމަތު ކުރެވެއެވެ.  އަދި ތަރައްގީގެ ނަމުގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކަކީ ގައުމުތަކުން ލޯން ނައިގައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށާއި، ނަތީޖާއެއްގެ ގޮތުން ދިވެހި ގައުމު ދަރަނިވެރިވެރިވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

 

ރައީސް ޔާމީންގެ ވެރިކަމުގައި ބާކީ އޮތް ދޮޅު އަހަރު ދުވަސް އެމަނިކުފާނު ކަންތައް ކުރައްވާނީ ދެ ގޮތަކަށް ކަމަށާއި،  އެއީ ދައުރު ނިމުމާއި އެކު ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިގަތުން ކަމަށާއި، ނޫނީ ގަދަބާރުން ވެރިކަން ދިފާއު ކުރެއްވުން ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ ހަމަމަގަށް އެޅުވުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދު ކުރާ އާންމު ރައްޔިތުން ގައުމީ ފެންވަރެއްގައި މަސައްކަތް ކުރަންޖެހޭނެ ކަމަށާއި، އެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް