ކ. މާލެ
|
11 ޖުލައި 2024 | ބުރާސްފަތި 23:45
ސްޕޭނުގެ ރަސްގެފާނު (ވ) ކެޕްޓަން މޮރާޓާ (މ) އަދި ޓީމުގެ މެނޭޖަރާއެކު ޗޭންޖިން ރޫމުގައި
ސްޕޭނުގެ ރަސްގެފާނު (ވ) ކެޕްޓަން މޮރާޓާ (މ) އަދި ޓީމުގެ މެނޭޖަރާއެކު ޗޭންޖިން ރޫމުގައި
ގޫގުލް
ޔޫރޯ 2024
ސްޕޭނުގެ ރަސްގެފާނު ފައިނަލް މެޗު ބައްލަވަން ޖަރުމަނަށް
ސްޕޭންގެ ރަސްގެފާނު މެޗު ބައްލަވަން ވަޑައިގަންވާނެކަން އިއުލާނުކުރެއްވިއިރު އިނގިރޭސި ރަސްގެފާނު ޗާލްސް މެޗު ބައްލަވަން ވަޑައިގަންނަވާނެކަން ބަކިންހަމް ޕެލަސްއިން އަދި ޔަގީންކޮށްނުދެ އެވެ.

ސްޕޭނުގެ ރަސްގެފާނު ފިލިޕް ހުއާން ޕަބްލޯ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވަން ޖަރުމަނަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި ސްޕޭން ވާދަކުރާނީ އިނގިރޭސިވިލާތާ އެވެ. މި މެޗަށް ނުކުންނައިރު ސްޕޭނަކީ މުބާރާތުގެ ހޮޓް ފެވަރިޓެވެ. އެ ގައުމު ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެ އެވެ.

ރަސްގެފާނު ފިލިޕް ވަނީ މި މުބާރާތުގައި ސްޕޭނާއި އިޓަލީ ބައްދަލުކުރި މެޗު ބެއްލެވުމަށް ވެސް ޖަރުމަނަށް ވަޑައިގަންނަވާފަ އެވެ. އަދި މެޗަށް ފަހު ޗޭންޖިން ރޫމަށް ވަޑައިގެން ކުޅުންތެރިންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވި އެވެ.

ސްޕޭނުގެ ރަސްގެފާނު (ކ) އިޓަލީ މެޗަށް ފަހު ނިކޯ ވިލިއަމްސް އާއި ސަލާމް ކުރައްވަނީ - ގޫގުލް

ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ފިލިޕް އަކީ މިކަހަލަ ބޮޑު މުބާރާތްތަކުގައި އަބަދުވެސް ސްޕޭން ކުޅޭ މުހިންމު މެޗުތައް ބައްލަވަން ވަޑައިގަންނަވާ ބޭފުޅެކެވެ.

ސްޕޭންގެ ރަސްގެފާނު މެޗު ބައްލަވަން ވަޑައިގަންވާނެކަން އިއުލާނު ކުރެއްވިއިރު އިނގިރޭސި ރަސްގެފާނު ޗާލްސް މެޗު ބައްލަވަން ވަޑައިގަންނަވާނެކަން ބަކިންހަމް ޕެލަސްއިން އަދި ޔަގީންކޮށްނުދެ އެވެ. ނަމަވެސް އޭނާގެ ދޮށީ ދަރިކަލުން އަދި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުފެ ރައީސް ފްރިންސް ވިލިއަން މެޗު ބައްލަވަން ވަޑައިގަންނަވާނެ އެވެ.

ސްޕޭން ވަނީ މީގެ ކުރިން ތިން ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. މި ފަހަރު ތަށި ލިބިއްޖެނަމަ ސްޕޭންވާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ.

- ކޮމެންޓް