ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 23:22
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އީސަ، ބަންދުގެ މަޖިލީހަށް ކްރިިމިނަލް ކޯޓަށް ހާޒިރުކުރުން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އީސަ، ބަންދުގެ މަޖިލީހަށް ކްރިިމިނަލް ކޯޓަށް ހާޒިރުކުރުން
ޓްވިޓަރ
ރައްޔިތުންގެ ބަދަލު
އަނިޔާވެރި ވެރިޔެއް އުފެދި ބޮޑުވުމަށް ރައްޔިތުން ފުރުސަތުދީގެން ނުވާނެ: އީސަ
އިންސާފުވެރި، އަދުލުވެރި ވެރިކަމެއް ޤާއިމްކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޒިންމާއެއް
ޝަރުއީ ދާއިރާވެސް އިސްލާހުކުރެވިދާނެކަމަށް ގަބޫލުކުރަން، އުއްމީދު އެބަ އޮތް
އީސަ ދޫކޮށްލީ، މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ހުކުރު ދުވަހު ކްރިމިނަލް ކޯޓުން

އަނިޔާވެރި ވެރިޔެއް އުފެދި ބޮޑުވުމަށް ރައްޔިތުން އެއްވެސް މިންވަރަކަށް ފުރުސަތުދީގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ބޭއްވި ސުލްހަވެރި ހަރަކާތެއްގެ ތެރެއިން ހައްޔަރުކޮށް، ފަސް ދުވަހަށްވުރެ ގިނަ ދުވަހު ޖަލުގައި ބޭއްވުމަށްފަހު މިނިވަންވުމާއެކު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައިވެސް ހުންނެވި އީސަ ވިދާޅުވީ، ދޫކޮށްލައިގެން ތިބެގެން ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި އިންސާފުވެރި، އަދުލުވެރި ވެރިކަމެއް ޤާއިމްކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށް އީސަ ވިދާޅުވިއެވެ.

"އަނިޔާވެރި ވެރިޔަކު އުފެދި ބޮޑުވާން އެއީ ރައްޔިތުން އެއްވެސް ވަރަކަށް ފުރުސަތުދިގެންވާނެ ކަމެއް ނޫން. ރައްޔިތުންގެ ވަރަށް ބޮޑު ޒިންމާއެއް މި ޤައުމުގައި އިންސާފުވެރި، އަދުލުވެރި ވެރިކަމެއް ޤާއިމްކުރުމަކީ. އެ މަސައްކަތް އަޅުގަނޑުމެން ހުއްޓާލައިގެނެއް ނުވާނެ. އެ މަސައްކަތުގައި އަޅުގަނޑުމެން ނާއުންމީދުވެގެންވެސް ނުވާނެ. އަޅުގަނޑުމެންނަށް ނާއުންމީދުވެވޭކަށްވެސް ނޯންނާނެ. އެނގޭތޯ" އީސަ ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީން ބޭއްވި ސުލްހަވެރި އެއްވުމުގައި ބައިވެރިވި ގިނަ ބަޔަކު ހުކުރު ދުވަހު ކޯޓަށް މުއްދަތު ޖެހުމަށް ހާޒިރުކުރުމުން އެ މީހުން ދުކޮށްލުމަށް ކޯޓުން ނިންމެވި ނިންމެވުމަށް އިޝާރަތްކުރައްވާ އީސަ ވިދާޅުވީ، ފެނުނު މަންޒަރަކީ، ކޯޓުތަކާއިމެދު އަދިވެސް އެއްކޮށް އުއްމީދު ގެއްލިގެން ނުދާކަން ކަމަށެވެ. އަދި އެއީ ކޯޓުތައްވެސް އިސްލާހުކުރެވިދާނެކަމުގެ ހެއްކެއްކަމަށް އީސަ ވިދާޅުވިއެވެ.

"މިއަދު އިންނެވި ފަނޑިޔާރު ވަރަށް އިންސާފުވެރިކޮށް، ހުރިހާ ފަރާތެއްގެ ވާހަކަ އަޑުއެހުމަށްފަހު ކަންކަން ނިންމަވަމުން ގެންދެވިތަން ފެނުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު. އަޅުގަނޑަށް އުއްމީދު އާވެގެންދިޔަ ރައްޔިތުން މި ކުރާ މަސައްކަތުގައި މި ޤައުމު ސަލާމަތްކުރެވޭނެކަމަށް. އަދި ޝަރުއީ ދާއިރާވެސް އެއްކޮށް ގެއްލިގެން ނުދާކަން. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" އީސަ ވިދާޅުވިއެވެ.

އަހްމަދު އީސާއާއި އެމްޑީޕީގެ ބައެއް މެމްބަރުން ހައްޔަރުކުރީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިންނެވެ. އަހްމަދު އީސާ ދޫކޮށްލީ އޭނާގެ ތަހްގީގަށް ކޯޓުން ޖަހައިގެން ފަސް ދުވަހުގެ މުއްދަތު ހަމަވާތީވެ، މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ހުކުރު ދުވަހު ކްރިމިނަލް ކޯޓުންނެވެ. އަހްމަދު އީސާގެ އިތުރުން އޭނާއާއެކު އެއްވުމުން ހައްޔަރުކުރި ދެ މީހުން ވަނީ ކުރިން ދޫކޮށްލައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް