Advertisement
ކ. މާލެ
|
10 ޖުލައި 2024 | ބުދަ 12:14
އޮންލައިން ޖުވާ- މިއަދު ގިނަ ބަޔަކު މި ގޭމް ކުޅުމަށް ވަނީ ދެވިހިފާފައި
އޮންލައިން ޖުވާ- މިއަދު ގިނަ ބަޔަކު މި ގޭމް ކުޅުމަށް ވަނީ ދެވިހިފާފައި
ރާއްޖެއެމްވީ
އޮންލައިން ޖުވާ
އޮންލައިން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތައް ބްލޮކްކުރަން ފަށައިފި
ފާހަގަ ކުރެވިފައިވާ ސައިޓްތައް ބްލޮކް ކުރަން ވަނީ ފަށާފައި
"ކިރާބެޓް" ކިޔާ ސައިޓެއް މިހާރު ވަނީ ބްލޮކްވެސް ކޮށްފައި

އޮންލައިން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތައް ބްލޮކްކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، އޮންލައިން ޖުވާ ކުރުމަށް ނުވަތަ ބެޓް ކުރުމަށް ރާއްޖޭގައި ބޭނުން ކުރަމުން އަންނަ އޮންލައިން ސައިޓްތަކުގެ ތެރެއިން ފާހަގަ ކުރެވިފައިވާ ސައިޓްތައް ބްލޮކް ކުރަން ފަށާފައިވާކަމަށް ބުނެފައެވެ.

ފުލުހުން ބުނީ، މިހާތަނަށް ފާހަގަ ކުރެވިފައިވާ ހަތަރު ސައިޓެއް ބްލޮކް ކުރުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އޭގެ ތެރެއިން "ކިރާބެޓް" ކިޔާ ސައިޓެއް މިހާރު ވަނީ ބްލޮކްވެސް ކޮށްފައެވެ.

Advertisement

ޖުވާ ކުޅުން ޤާނޫނުލްއުޤޫބާތުގައި ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތްވެސް މަޖިލީހުގައި ކުރިއަށް ގެންދެވިފައިވެއެވެ. ޖުވާ ކުޅުމަކީ ޖުނަޙްގެ ތިންވަނަ ދަރަޖައިގެ ކުށްތަކެއް ކަމުގައި ހެދުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

އެ އިސްލާހުގައި ވާގޮތުން މި ދަރަޖައިގެ ކުށްތަކުގެ އަސާސީ އަދަބަކީ 4 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. މި ދަރަޖައިގެ ކުށްތަކުގައި އަދަބު އެންމެ ބޮޑުވާ ހާލަތްތަކުގައި 10 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވޭއިރު، އަދަބު އެންމެ ލުއި ކުރެވޭ ހާލަތްތަކުގައި އެއްމަސް ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ. އެ ބިލުގެ މަސައްކަތް ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ.

އެހެންނޫނަސްވެސް، މިކަމުން ކުށްވެރި ނުވާނެ ގޮތެއް ނެތެވެ. ސަބަބަކީ ހުއްދަ ނޫން ގޮތުގައި ހޯދާ ފައިސާއިން މަންފާ ހޯދުމަކީ މަނީ ލޯންޑަރިންގ ގެ ތެރެއަށްވެސް ފެއްތޭނެ ކަަަމަކަށްވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް