ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 20:25
އެއްވުމެއްގައި މީހެއްގެ އަތުގައި އޮތް ބޯޑެއް އަތުލަން ފުލުހުން މަސައްކަތް ކުރަނީ
އެއްވުމެއްގައި މީހެއްގެ އަތުގައި އޮތް ބޯޑެއް އަތުލަން ފުލުހުން މަސައްކަތް ކުރަނީ
މުހައްމަދު ޝަރުހާން
އެމްޑީޕީ
މީހުން ހައްޔަރުކުރަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމަށް: އެމްޑީޕީ
ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި މީހުން ވަނީ ދޫކޮށްލާފައި
އެ މީހުން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް އެމްޑީޕީން ބުނޭ

އެއްވުންތަކުން މީހުން ހައްޔަރުކުރަމުން ދަނީ ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުލުހުން ހުރަސްއެޅުމުގެ ގޮތުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެ ޕާޓީގެ ހަތް މެމްބަރަކު ހައްޔަރުކުރުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އަދި ސުލްހުވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމަށް ކަމަށެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީގައި އޮތް  ހަރަކާތުގައި ބައިވެރިވުމާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރީ މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަޒްރާ މޫސާ އާއި މާލޭ ސިޓީ ކައުންސިލްގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރު ޒާހިޔާ ޢަބްދުﷲ އާއި އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާ ރައީސް ޒިފްލީން އިސްމާޢީލް އާއި، އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަޙްމަދާއި، އައްޑޫ ސިޓީ ފޭދޫ ދާއިރާ ރައީސް މުޙައްމަދު ނިހާދައި، ގަލޮޅު ދެކުނު ދާއިރާ ނައިބު ރައީސް ޢަބްދުލް މަޖީދެވެ.

ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށާއި ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށް އެ ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ގެންދިޔަ ނަމަވެސް، ބަންދުގެ މުއްދަތު ނުޖަހައި ވަނީ ދޫކޮށްލައިފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ހައްޔަރުކުރި ހަތް މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ފުލުހުން ކޯޓުގައި އެދުނު ނަމަވެސް ފުލުހުން ތުހުމަތު ކުރި އެއްވެސް ކަމެއް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

މީގެ އިތުރުން ފާއިތުވީ ހަފްތާގެ ތެރޭގައި ހައްޔަރުކުރި އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާ ރައީސް އަޙްމަދު އީސާ ވެސް ބަންދުން ދޫކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން ސުލްހުވެރި ޙަރަކާތްތަކުން މީހުން ޓާގެޓްކޮށްގެން ފުލުހުން ހައްޔަރުކުރަނީ ގާނޫނާ ހިލާފަށް މި އެއްވުންތަކަށް ހުރަސް އެޅުމަށްކަން ސާބިތުވާ ކަމަށް އެމްޑީޕީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
11 އޯގަސްޓް 2017 | ހުކުރު 23:14
ހުސެން
އެމްޑީޕީ މީހުންހީކުރަނީ މާލެއަކީ އެމީހުންގެއަމިއްލަތަނެއްކަމައްތަ އެއީއަހަރުމެންގެވެސްތަނެއް މަގުތެއްބަންދުކޮއްގެންތިޔަހެންނޫޅެވޭނެ މަގުތަކައްއެއްވާނަމަހައްޔަރުކުރަންވީ