ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 16:54
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ސަރުކާރުގެ ސަބަބުން އަނެއްކާ އަނެއްބަޔަކު ހާލުގައި ޖެހެނީ. މިފަހަރު ކިޔަވާކުދިން
ސަރުކާރަކާ ސަރުކާރެކެވެ. ކަންކުރާނެ ގޮތެއް ނޭނގި ތެޅިފޮޅެނީއެވެ. ކެނޑިހާ ފޮނި ފެންނެތް ބޮޑެތި ކާށިތަކަކަށް ވެއްޖެއެވެ. ފައިސާ އެބަހުރި ކަމާއި ފައިސާ ދޭނެ މީހުންތިބިކަމަށްބުނެ ދެއްކި ޚިޔާލާ ފޮލާ ހަގީގަތަކަށް ނުވިއެވެ. ފައިސާދޭނެ ޤައުމެއްނެތި ޖެހި ސަލާމްތަކަށް ލިބުނު އެހީއެއް ނެތެވެ. "ކުރީ ސަރުކާރޭ، ކުރީ ސަރުކާރޭ" ކިޔާލަ ކިޔާލާ މަސައްކަތް ކުރާނެ ޕްލޭނެއް ނެތި ގޮތް ހުސްވަނީއެވެ. އަދިވެސް ސުމާރެއްނެތި ސިޔާސީ މަގާްމަތަކަށް މީހުން އައްޔަންކުރަމުން ހުރި ފައިސާކޮޅުވެސް އެމީހުންނަށް ބަހާ ހުސްކުރަނީއެވެ.

ސަރުކާރަކާ ސަރުކާރެކެވެ. ކަންކުރާނެ ގޮތެއް ނޭނގި ތެޅިފޮޅެނީއެވެ. ކެނޑިހާ ފޮނި ފެންނެތް ބޮޑެތި ކާށިތަކަކަށް ވެއްޖެއެވެ. ފައިސާ އެބަހުރި ކަމާއި ފައިސާ ދޭނެ މީހުންތިބިކަމަށްބުނެ ދެއްކި ޚިޔާލާ ފޮލާ ހަގީގަތަކަށް ނުވިއެވެ. ފައިސާދޭނެ ޤައުމެއްނެތި ޖެހި ސަލާމްތަކަށް ލިބުނު އެހީއެއް ނެތެވެ. "ކުރީ ސަރުކާރޭ، ކުރީ ސަރުކާރޭ" ކިޔާލަ ކިޔާލާ މަސައްކަތް ކުރާނެ ޕްލޭނެއް ނެތި ގޮތް ހުސްވަނީއެވެ. އަދިވެސް ސުމާރެއްނެތި ސިޔާސީ މަގާްމަތަކަށް މީހުން އައްޔަންކުރަމުން ހުރި ފައިސާކޮޅުވެސް އެމީހުންނަށް ބަހާ ހުސްކުރަނީއެވެ.

ސަރުކާރުގެ މިައަމަލްތައް ހުރިގޮތުން ނިކަމެތިވަނީ ރައްޔިތުންނެވެ. ހަނާވަނީ ނިކަމެތިންނެވެ. އުއްމީދުގައިތިބި މީހުންގެ ހަގީގަތްތައް ފެނަށްވަނީއެވެ. ބަޔަކަށްފަހު ބަޔަކު ހާލުގައި ޖެހެނީއެވެ. ސަރުކާރުން ދޭންވާ ފައިސާ ނުދީގެން މަގުމަތިވަނީއެވެ.

މީގެ ކުޑަދުވަސްކޮޅެއްކުރިން ގޮތްހުސްވެގެން މަގުމައްޗަށް ނުކުމެ އަޑު އުފުލީ މަސްވެރިންނެވެ. އެމީހުން އަތުން މަސްގަނެފައި ދޭން ޖެހޭ ފައިސާކޮޅު ނުދީގެންނެވެ. ނިމުނީ މަސްވެރިން ބަލިވެގެންނެވެ. ފައިސާކޮޅު ހަމަޖެހެންވާއިރަށް މަސްގަންނަ އަގު ބޮޑުތަނުން ތިރިކޮށްލީއެވެ. އިންތިޚާބުގައި އަޑަށް ބާރުލާފައި ފޮނިވެލާފައި މަސްގަންނަން ވިދާޅުވި 20 ރުފިޔާގެ ބަދަލުގައި 15 އަށް މަހުގެ އަގު ތިރިކުރީއެވެ. މުޒާހަރާއަށް ރައްދު ދިނީ އެބޮޑު ނިންމުމުންނެވެ.

އެވާހަކަ އަދި ނޯބެއެވެ. މިފަހަރު ރާއްޖެއިން ބޭރުގައިތިބި ކިޔަވާ ކުދިންނެވެ. ކިޔަވާ މޮޅު ކުދިންނަށްވާން ލޯނުތައް ނަގައިގެން މައިންބަފައިންނާ ދުރުގައިތިބި އެތައް ދިވެހި ދަރިވަރުންނެކެވެ. އެމީހުން ލޯނު ނެގީ ސަރުކާރުންނެވެ. އެއްބަސްވުން ހެދީ ސަރުކާރާއެވެ. ކިޔަވާ ނިމިގެން އެނބުރި އައިސް އެލޯނު ފައިސާ ދައްކާށެވެ. އެކަމަކު ސަރުކާރުން އެއްބަސްވުމާ ޚިލާފްވެ އެކުދިންނަށް ފޮނުވަންޖެހޭ ފައިސާ (ޑޮލަރު) ފޮނުވުން އެވަނީ ހުއްޓާލާފައެވެ. ސަރުކާރުގެ ސްކޮލާޝިޕްތަކުގައި އަދި ސްޓޫޑެންޓު ލޯނު ނަގައިގެން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ނުފޮނުވާތީ ކުއްޔާއި ޓިއުޝަން ފީ ނުދެއްކި ބައެއް ދަރިވަރުން މިހާރު އެވަނީ ހާލުގައި ޖެހިފައެވެ. މައިންބަފައިންނާ ދުރުގައި އެކުދިން އެތިބީ ގޮތް ހުސްވެފައެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ހަޔާ އެޑިއުކޭޝަނުން ބައެއް ދަރިވަރުންނަށް ފައިސާ ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ. އެ ފައިސާ ޖަމާނުވާތީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެ، ކޯސްފީ އާއި ގޭގެ ކުލި އަދި ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ވެސް ކުރެވޭނެގޮތެއް ވަނީ ނުވެފައެވެ.

ބައެއް ކުދިން ބުނެފައިވާ ގޮތުގައި ފައިސާއަށް އެޕްލައި ކުރިތާ މިހާރު ތިން ހަފްތާވަރު ވެއްޖެއެވެ. މިނިސްޓްރީން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ކުލި ދެއްކޭނެ ގޮތެއް ނެތެވެ. ސެމިސްޓަރ ފީ ނުދައްކައިފިނަމަ އެ ސެމްއެއް ޑިފާ ކުރަންޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް ދުވަސްތަކެއް ދާނީ ގެއްލިގެންނެވެ.

އެކަމާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ. ބައެއް މީޑިއާތަކަށް ވަނީ  ޑޮލަރުގެ ތާށިކަމާހެދި ކުދިންނަށް ފައިސާ ޖަމާ ކުރުމުގައި ލަސްތަކެއް އެބަ ހުރި ކަމަށް އެއްބަސްވެވަޑައިގަންނަވާފައެވެ. ނަމަވެސް ވީ އެންމެ އަވަހަށް ފައިސާ ޖަމާ ކުރުމަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.

ޑރ މާރިޔާ ވިދާޅުވެފައިވަނީ ކުދިންނަށް ފައިސާ ނުދެވި ލަސްވެގެންދަނީ ޑޮލަރުގެ ތާށިކަމާ ހެދިއެވެ. މާރިޔާ މިހެން ވިދާޅުވާއިރު ރައީސް ޑރ މުއިއްޒު ވިދާޅުވެފައިވަނީ ތާށިކަމެއްނެތި ޑޮލަރު ލިބޭނެ ކަމަށެވެ. އަދި ޑޮލަރުގެ އަގު ބޮޑުވެސް ނުވާނެ ކަމަށެވެ.

ކޮންމެ އަކަސް އަނެއްކާވެސް އަނެއްބަޔަކު އެވަނީ ހާލުގައި ޖެހިފައެވެ. ސަރުކާރު މެނޭޖް ކުރަން ނޭނގިގެންނެވެ. ދެން ވިދާޅުވާނީވެސް ސަރުކާރުގެ އަތްމަތީ ބަހެވެ. ބޭރުގައި ކިޔަވަންތިބި ކުދިންނަށް މިސަރުކާރުން މިވެނިވަރެއްގެ ފައިސާ ދީފީމޭ ބުނާއަޑެވެ. މަސްވެރިންނަށް މިލިޔަނުން ފައިސާ ދިންކަމަށް ބުނި ބީދައިންނެވެ. ހައިރާނެއްފަހެ ނުވާނެ ހެއްޔެވެ. މަސްވެރިންނަށް ދިނީ ހިލޭ ފައިސާއެއް ނޫނެވެ. އެވެރިންގެ އަތުން ގަތްމަހަށްވާ އަގެވެ. ނުދީ ހިފަހައްޓައިގެން ތިއުޅެނީ ކިޔަވާ ކުދިންނަށްދޭން އެއްބަސްވެ ސޮއިކުރި ފައިސާއެވެ. އެކުދިންނަށް މިވެނި މިލިޔަނަކުން ފައިސާ ދީފަވާނެއޭ ބުނުމަކުން ކަން ހައްލުވީއެއް ނޫނެވެ. އަދި ޚަރަދު ބޮޑުވެގެން އެކަން ނުވެގެން ތިބުމަކީވެސް ދެއްކޭނެ ބަހަނާއެއް ނޫނެވެ. އިއްޔެވެސް މިއަދުވެސް އިވެމުން މިދަނީ އިތުރު ސިޔާސީ މަގާމްތަކަށް މީހުން އައްޔަންކޮށްގެން ރައްޔިތުންގެ ޓެކްސް ފައިސާއިން އެވެރިންނަށް ފީ ސަބީލިއްލާހިއަށް މުސާރަދޭތަނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
7 ޖުލައި 2024 | އާދީއްތަ 18:13
މުޒޭނު
ތިކަމެއްވާ ނޭގެއެވެ. މުއިއްޒުކިޔާހާ ލަވަޔަކަށް އެއޮއްގެން ހުރިހާ ރައްޔިތުން ނަށަނީއެވެ. ރިޔާސީ އިންތިޚާބުގައި މިހެން ވާނެ ކަމަށް ބުނެބުނެ އޮއްވަ ވޯޓުދީ ރައީސަކަށް ހަދައިފިއެވެ. މަޖިލިސް އިންތިޚާބުގައި ހަމަ އެވަރަށް ބުނެބުނެ އޮއްވަ ސުޕަރ މެޖޯރިޓީއަށް ވުރެންވެސް ބޮޑުކޮށް ވޯޓު ދީފިއެވެ. މިކަހަލަ ލިޔުންތަކުން ފެންނަ އެއްޗެއް ގަބޫލު ނުކުރެވޭ އަނެއް ސަބަބަކީ ރައްޔިތުން ތިބެނީ ހަނު އެވެ. މަދު މަސްވެރިއެއް ފިޔަވާ އިނގިލި ކުރިވެސް ހިއްލާލާނެ މީހަކު ނުވެއެވެ.