ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 10:23
ބައެއް ހިސާބުތަކުގައި ކުނި ވަސް އެއް ވަހަކަށް ހުރުމުގެ އިތުރުން، ހާމައަށް ހުންނަ ކުންޏާއި ނަޖިހުން ގާޒާ ވަނީ ތަޣައްޔަރު ވެފަ
ބައެއް ހިސާބުތަކުގައި ކުނި ވަސް އެއް ވަހަކަށް ހުރުމުގެ އިތުރުން، ހާމައަށް ހުންނަ ކުންޏާއި ނަޖިހުން ގާޒާ ވަނީ ތަޣައްޔަރު ވެފަ
އެރަބް ނިއުސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ނަޖިހާއި ކުނިން މުޅި ގާޒާ ތަޣައްޔަރު ވެފައި
ގާޒާގެ ތިމާވެށީގެ ހާލަތު ފެނިފައިވާ ބައެއް ނޫސްވެރިން ސިފަކޮށްފައިވާ ގޮތުގައި ބައެއް ހިސާބުތަކުގައި ކުނި ވަސް އެއް ވަހަކަށް ހުރުމުގެ އިތުރުން، ހާމައަށް ހުންނަ ކުންޏާއި ނަޖިހުން ގާޒާ ވަނީ ތަޣައްޔަރު ވެފައެވެ.

ފަލަސްތީނު ރައްޔިތުން ތޮއްޖެހިފައިވާ ގާޒާ ސްޓްރިޕް އަށް ޔަހޫދީ ސިފައިން އަރާ ހުއްޓުމެއް ނެތި ދެމުންދާ ހަމަލާ ތަކުގެ ނަތީޖާ އެއްގެ ގޮތުން ގާޒާގެ އާންމު ޚިދުމަތްތައް މުޅިން ހެން ހުއްޓުމަކަށް އައިސް އެ ތަނުގެ އިންފްރާސްޓްރަކްޗަރ ވަނީ ހަލާކުވެފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ފެނާ ނަރުދަމާ އަދި ކުނި މެނޭޖް ކުރުން ފަދަ ޚިދުމަތްތައް ހުއްޓުމަކަށް އައިސް މުޅި ގާޒާ ކުނިވެފައިވާ ހާލަތަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާޒާގެ ތިމާވެށީގެ ހާލަތު ފެނިފައިވާ ބައެއް ނޫސްވެރިން ސިފަކޮށްފައިވާ ގޮތުގައި ބައެއް ހިސާބުތަކުގައި ކުނި ވަސް އެއް ވަހަކަށް ހުރުމުގެ އިތުރުން، ހާމައަށް ހުންނަ ކުންޏާއި ނަޖިހުން ގާޒާ ވަނީ ތަޣައްޔަރު ވެފައެވެ.

އެއާ އެކު ސާފު ބޯފެން ނުލިބުމާއި، ސައިބޯނި ފަދަ ސާފުތާހިރު ކަމަށް ބޭނުންވާ އަސާސީ ތަކެތި ވެސް ގާޒާ އިން ލިބެން ނެތުމުގެ ސަބަބުން އެކި ބާވަތުގެ ބަލިތައް ފެތުރުން ވެސް ގާޒާގައި އާއްމު ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަލި ފެތުރުން އާންމު ވެފައިވާ އިރު، ޔަހޫދީ ސިފައިން ސިއްހީ ޚިދުމަތްދޭ ތަންތަނަށްވެސް ހަމަލާތައް ދެމުންދިއުމާއެކު ބަލި މީހުންނަށް ސިއްޚީ ޚިދުމަތް ލިބޭނެ ގޮތެއްވެސް ގާޒާގައި މިހާރު ނެތް ކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް