ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 08:52
ގާޒާ ސްޓްރިޕްގެ ދެކުނުން އޮންނަ ޚާން ޔޫނިސް
ގާޒާ ސްޓްރިޕްގެ ދެކުނުން އޮންނަ ޚާން ޔޫނިސް
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޔަހޫދީ ސިފައިން ޚާން ޔޫނިސްގެ ޕޯސްޓް އޮފީހަށް ހަމަލާދީ ރެފިއުޖީ ޓެންޓުތަކުގައި ހުޅު ޖަހައިފި
ޕޯސްޓް އޮފީހަށް ދިން ހަމަލާގައި އިމާރާތް ހަލާކުވުމުގެ އިތުރުން ފަލަސްތީނުގެ 3 މީހުން ޒަޚަމްވެފައި ވެއެވެ.

ޚާން ޔޫނިސްގެ ޕޯސްޓް އޮފީހަށް ހަމަލާދީ އެތަން ސުންނާފަތި ކޮށްލުމަށްފަހު، ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުންގެ ވަގުތީ ފޭލިގެ ތަކުގައި ހޮނިހިރު ދުވަހު ޔަހޫދީ ސިފައިން ހުޅު ޖަހައިފިއެވެ.

ގާޒާ ސްޓްރިޕްގެ ދެކުނުން އޮންނަ ޚާން ޔޫނިސްގެ ޕޯސްޓް އޮފީހަށް ޔަހޫދީ ސިފައިން ދިން ހަމަލާގައި، ފަލަސްތީނުގެ ތިން މީހުން ޒަޚަމްވި ކަމަށް ވަފާ ނިއުސް އޭޖެންސީން ވަނީ ބުނެފައެވެ.

ހުސްވި ހަފްތާގައި ޔަހޫދީ ސިފައިން ޚާން ޔޫނިސްގެ އިރުމަތީ ބަޔަށް އަރާ އެ ސަރަހައްދުގައި އުޅޭ ފަލަސްތީން ރައްޔިތުން އެތަން ދޫކޮށް ދިއުމަށް މަޖުބޫރު ކުރުމާ ގުޅިގެން 250،000 ށް ވުރެ ގިނަ ފަލަސްތީން މީހުން ވަނީ މަގުމަތި ވެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ދިރިއުޅޭ ވަޒަނުން ބޭރުކޮށްލާފައިވާ މީހުން ކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް