ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 22:54
މި ނުރައްކާތެރި ހަމަލާގެ މަންޒަރު ތައް ފެންނަ ވީޑިއޯ ގައި ކުޑަކުދިން ރޯ އަޑާއި، ހިރަފުހާ ދުމުގެ ތެރޭގައި މީހުންގެ ހަޅޭކުގެ އަޑު އިވޭ
މި ނުރައްކާތެރި ހަމަލާގެ މަންޒަރު ތައް ފެންނަ ވީޑިއޯ ގައި ކުޑަކުދިން ރޯ އަޑާއި، ހިރަފުހާ ދުމުގެ ތެރޭގައި މީހުންގެ ހަޅޭކުގެ އަޑު އިވޭ
ބީބީސީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އިޒްރޭލުން ގާޒާގެ ސްކޫލަކަށް ހަމަލާދީ އެތައް ބަޔަކު މަރާލައިފި
ހަމަލާގައި މަދުވެގެން 15 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަ ކޮށްފައެވެ.

ގަޒާގައި ހުންނަ ސްކޫލަކަށް އިޒްރޭލު ސިފައިން ހަމަލާ ދިނުމުގެ ސަބަބުން މަދުވެގެން 15 މީހުން މަރުވެއްޖެ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ހާމަ ކޮށްފިއެވެ.

ހަމަލާގައި ގިނައިން މަރުވެފައިވަނީ ކުޑަކުދިން ކަމަށް އަލްޖަޒީރާ އިން ވަނީ ބުނެފައެވެ.

އިޒްރޭލު ސިފައިން ވައިގެ މަގުން ހަމަލާ ދިން ސްކޫލަކީ ނުސީރަތު ރެފިއުޖީ ކޭމްޕުގައި ތިބި މީހުންގެ ތެރެއިން ބޯ ހިޔާވަހި ކަމެއް ނެތް މީހުންނަށް ވަގުތީ ހިޔާވަހި ކަމެއް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން އަންނަ އިމާރާތެއް ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

މި ހަމަލާގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ނުރައްކާތެރި ހަމަލާގެ މަންޒަރު ތައް ފެންނަ ވީޑިއޯ ގައި ކުޑަކުދިން ރޯ އަޑާއި، ހިރަފުހާ ދުމުގެ ތެރޭގައި މީހުންގެ ހަޅޭކުގެ އަޑު އިވެއެވެ. އެއާކު ފުނޑުވެފައިވާ އިމާރާތުގެ ތެރޭގައި މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކޮޅުކޮޅު މައްޗަށް މީހުން ދުވަމުންދާ މަންޒަރު ފެނެއެވެ.

އަލް ޖަޒީރާގެ ރިޕޯޓަރުން ބުނާ ގޮތުގައި އ.ދ އިން ބަލަހައްޓާ މި ސްކޫލަށް ދިން ހަމަލާގައި އެކި ވަރުގެ އަނިޔާ ލިބުނު މީހުންގެ ތެރޭގައި ހަށިގަނޑުގެ ބައިތައް ވަކިވެފައިވާ މީހުން ވެސް ހިމެނެއެވެ. ޒަޚަމްވި މީހުން އަލް-އަގްސާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގަޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ދިޔަ 24 ގަޑީއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާ ތަކުގައި ގާޒާ އިން 29 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ 5 ނޫސްވެރިން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް