ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 19:30
ފިޔާ އަލުވި - މި ތަކެތީގެ ހޯލްސޭލް އަގުވެސް ވަނީ މައްޗަށް ގޮސްފަ
ފިޔާ އަލުވި - މި ތަކެތީގެ ހޯލްސޭލް އަގުވެސް ވަނީ މައްޗަށް ގޮސްފަ
ވަންޓޫތްރީ ރުފިޔާ
ފިޔާ އަލުވީގެ އަގު މައްޗަށް ދިއުން
ފިޔާ، އަލުވި، ޓޮމާޓޯގެ އަގު އިންޑިއާގައި މައްޗަށް
އިންޑިއާގެ ޑިޕާޓްމަންޓް އޮފް ކޮންސިއުމާ އެފެއަރޒްގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، ޓޮމާޓޯ އާއި ފިޔާގެ އަގު މާ ގިނަ ދުވަސްތަކެއް ނުވެ ތިރި ވެދާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.

ފިޔާ، އަލުވި އަދި ޓޮމާޓޯގެ އަގު އިންޑިއާގައި މައްޗަށް ހިނގައްޖެއެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހުގައި ބުނެފައިވާ ގޮތުގައި، މަސް ދުވަހުގެ ތެރޭގައި ޓޮމާޓޯ، ފިޔާ އަދި އަލުވި 15 އިން ސައްތަ އާއި 50 އިން ސައްތަ އާ ދެމެދުގެ މިންވަރަކަށް ރީޓެއިލް އަގު މައްޗަށް ގޮސްފައިވާ ކަމަށެވެ.

އަނެއްކޮޅު މި ތަކެތީގެ ހޯލްސޭލް އަގުވެސް ވަނީ މައްޗަށް ގޮސްފައެވެ. މިގޮތުން ޓޮމާޓޯގެ އަގު 65 އިންސައްތަ، ފިޔާގެ އަގު 35 އިން ސައްތަ އަދި އަލުވީގެ އަގު 18 އިން ސައްތަ މަސް ދުވަސް ތެރޭގައި މައްޗަށް ގޮސްފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އިންޑިއާގެ ޑިޕާޓްމަންޓް އޮފް ކޮންސިއުމާ އެފެއަރޒްގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، ޓޮމާޓޯ އާއި ފިޔާގެ އަގު މާ ގިނަ ދުވަސްތަކެއް ނުވެ ތިރި ވެދާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އެހެން ނަމަވެސް އަލުވީގެ އަގު މިދިޔަ އަހަރާ އަޅާ ބަލާއިރު އުފުލިފައި ހުންނާނެ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް