ކ. މާލެ
|
3 ޖުލައި 2024 | ބުދަ 11:58
ހުޅުމާލޭގައި ހިނގި އެކްސިޑެންޓު
ހުޅުމާލޭގައި ހިނގި އެކްސިޑެންޓު
އަދަދު
އެކްސިޑެންޓެއް ހިނގުން
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 19 އަހަރުގެ ޒުވާނެއްގެ ޙާލު ސީރިއަސް
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން
އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 19 އަހަރުގެ ޒުވާނެއްގެ ޙާލު ސީރިއަސްވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލޭ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހި، އެ ސައިކަލް ކޮންޓްރޯލްނުވެ ގޮސް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް