ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 06:50
ޚާން ޔޫނިސް ގެ އިރުމަތީ ސަރަހައްދުގައި އުޅޭ ފަލަސްތީނު މީހުންނަށް އެ ސަރަހައްދު ދޫކޮށް ވަގުތުން ދިއުމަށް އިޒްރޭލް ސިފައިން އެންގުމުން ކުޑަކުދިން ތަކެއް ސަރަހައްދު ދޫކޮށް ދަނީ
ޚާން ޔޫނިސް ގެ އިރުމަތީ ސަރަހައްދުގައި އުޅޭ ފަލަސްތީނު މީހުންނަށް އެ ސަރަހައްދު ދޫކޮށް ވަގުތުން ދިއުމަށް އިޒްރޭލް ސިފައިން އެންގުމުން ކުޑަކުދިން ތަކެއް ސަރަހައްދު ދޫކޮށް ދަނީ
އޭއެފްޕީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޚާން ޔޫނިސްގެ ބޮޑު ބަޔަކުން ވަގުތުން މީހުން ހުސްކުރަން ޔަހޫދީ ސިފައިން އަމުރު ކޮށްފި
ޚާން ޔޫނިސްގެ އިރުމަތީ ބަޔަށް އިޒްރޭލް ސިފައިން އަރައިގަނެ، އެ ސަރަހައްދުގެ ގެއަކަށް ބަޑިން ވަނީ ހަމަލާ ދީފައެވެ. މި ހަމަލާގައި މަދުވެގެން އެކަކު މަރުވެ 6 މީހުން ޒަޚަމްވެފައިވާ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

ޚާން ޔޫނިސް ގެ އިރުމަތީ ސަރަހައްދުގައި އުޅޭ ފަލަސްތީނު މީހުންނަށް އެ ސަރަހައްދު ދޫކޮށް ވަގުތުން ދިއުމަށް އިޒްރޭލް ސިފައިން އެންގުމުން ހާސްކަމާ ނުތަނަވަސް ކަން ފެތުރި ރައްކައުތެރިކަން ހޯދަން މީހުން ކޮޅުކޮޅު މައްޗަށް ދާން ފަށައިފިއެވެ.

ގާޒާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚާން ޔޫނިސް ގެ ބޮޑު ބަޔަކުން މީހުން ހުސްކުރަން އިޒްރޭލް ސިފައިން އެންގުމުން، އެ ސަރަހައްދުގެ ޔޫރަޕިއަން ހޮސްޕިޓަލުގައި އެދުމަތި ކޮށްފައި ތިބި އެންމެންވެސް ހޮސްޕިޓަލުން ނުކުންނަށް މަޖުބޫރު ވުމުން ބަލި މީހުން ވެސް ގޮތް ހުސްވެފައިވާ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

ވަގުތުން ސަރަހައްދު ހުސްކުރަން އަމުރު ކުރުމުން ޓެންޓް ތަކުގައި ދިރިއުޅޭ މީހުންވެސް މަޖުބޫރީ ހާލަތުގައި އެތަންތަނުން ވެސް ވަނީ ނުކުމެފައެވެ.

ޚާން ޔޫނިސްގެ އިރުމަތީ ބަޔަށް އިޒްރޭލް ސިފައިން އަރައިގަނެ، އެ ސަރަހައްދުގެ ގެއަކަށް ބަޑިން ވަނީ ހަމަލާ ދީފައެވެ. މި ހަމަލާގައި މަދުވެގެން އެކަކު މަރުވެ 6 މީހުން ޒަޚަމްވެފައިވާ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

ޚާން ޔޫނިސްގެ ބޮޑު ބަޔަކުން މީހުން ނުކުމެގެން ދިޔުމަށް އިޒްރޭލް ސިފައިން އަމުރު ކުރި އިރު، ރަފަހް ގައި ވެސް އިޒްރޭލް ސިފައިން ގެންދަނީ ހަމަލާތައް ދެމުންނެވެ. އޭގެ ސަބަބުން ރަފަހްގައިވެސް އާންމުން ތިބީ ނާމާން މާހުއުލެއްގައި ތާށިވެފައެވެ. އަނެއް ކޮޅުން ގާޒާގެ އުތުރު ސަރަހައްދެއް ކަމަށްވާ ޝުޖާޔާ އަށް ޓޭންކް ތައް އަރާ ދެމުންދާ ހަމަލާތަކުގައި އެތަނުގައި ދިރިއުޅޭ އާންމުންވެސް ތިބީ ތާށިވެފައެވެ.

ގާޒާގައި ޔަހޫދީ ސިފައިން އަރާ ހިންގަމުންދާ އުދުވާނުގައި، މި ދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 37،900 މީހުން ވަނީ މަރުވެފައެވެ. އިޒްރޭލުގެ ހަމަލާ ތަކުގައި 80،600 ފަލަސްތީން މީހުން ޒަޚަމްވެފައިވެއެވެ. މި މުއްދަތުގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ ތަކުގައި އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް