Advertisement
ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 22:58
ނިޒާރު ވަނީ ޒުލްފާ އަކީ ލާމަރުކަޒީ ނިޒާމަށް ފަރިތަ ނޫން ބޭފުޅެއް ކަމަށް ވިދާޅުވެފަ
ނިޒާރު ވަނީ ޒުލްފާ އަކީ ލާމަރުކަޒީ ނިޒާމަށް ފަރިތަ ނޫން ބޭފުޅެއް ކަމަށް ވިދާޅުވެފަ
އެމްޑީޕީ
ލާމަރުކަޒީ ނިޒާމް
މޭޔަރ ނިޒާރުގެ ވަރުގަދަ ބަހުގެ ހަމަލާ އެއް އެލްޖީއޭގެ ޒުލްފާއަށް
ޒުލްފާ އަތޮޅު ތެރޭ ރައްޔިތުން ދެވަނަ ދަރަޖައިގެ މީހުންގެ ގޮތުގައި ދެކޭ ކަމުގެ ތުހުމަތު
އެލްޖީއޭގައި ހުންނަންވާނީ ލާމަރުކަޒު ނިޒާމް އެނގޭ މީހެއް

އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުގެ ވަރުގަދަ ބަހުގެ ހަމަލާ އެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މަރިޔަމް ޒުލްފާ އަށް ދެއްވައިފިއެވެ.

ނިޒާރު ވަނީ ޒުލްފާ އަކީ ލާމަރުކަޒީ ނިޒާމަށް ފަރިތަ ނޫން އަދި އަތޮޅު ތެރޭގެ ރައްޔިތުންނަކީ ދެވަނަ ދަރަޖައިގެ މީހުން ކަމަށް ދެކޭ ފަރާތެއް ކަމަށް ދޭހަވާ ގޮތައް "އެކްސް" ގައި ހޯމަ ދުވަހުގެ ރޭ ލިޔުއްވާފައެވެ.

"އެލްޖީއޭ ފަދަ މުއައްސަސާ އަކާ ހަވާލު ވާން ޖެހޭނީވެސް ލާމަރުކަޒު ކުރުމުގެ ސިޔާސަތަށް ފަރިތަ އަތޮޅު ތެރޭގެ ރައްޔިތުން ދެވަނަ ދަރަޖަ ނޫން ކަމަށް ގަބޫލު ވެވޭ ބޭފުޅުން،" ނިޒާރު ވިދާޅުވިއެވެ.

މާލެ ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުގެ މޭޔަރގެ މަގާމުގައި ހުންނެވި ނިޒާރު މިހެން ވިދާޅުވި އިރު، ކޯހެއް ފުރިހަމަ ނުކޮށް ކައުންސިލަރުންނަށް މަޤާމުގެ ހުވާ ނުކުރެވޭ ގޮތް ހެދުމަށް ވިސްނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޒުލްފާ ވަނީ ވިދާޅުވެފައެވެ.

ޒުލްފާ ވަނީ ކައުންސިލަރުން މަޤާމުގެ މަސްއޫލިއްޔަތު ނޫފުލާ ކަމުގެ އަޑުތައް ގަދަވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ މަގާމަށް ކައުންސިލަރުން އަހުލުވެރި ނުވާތީ ކަމަށް ދޭހަވާ ގޮތައްވެސް ޒުލްފާ ވަނީ ވާހަކަ ދައްކަވާފައެވެ.

Advertisement

އެހެން ކަމުން އޭނާގެ ވިސްނުމަކީ އެމްކިޔުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަކޮށްފައި ނޫނިއްޔާ ހުވާކުރުމުގެ މަރުޙަލާ ކަޑައްތު ނުކުރެވޭ ގޮތް ހެދުން ކަމަށް ވިދާޅުވިއެވެ.

ޒުލްފާގެ މި ވާހަކަ އަށް އަމާޒު ކުރައްވާ ނިޒާރު ވިދާޅުވީ، އެ ފަދަ ކޯހެއް މަޖިލިސް މެމްބަރުންނާއި، ވަޒީރުންވެސް ހަދަން ޖެހޭނެ ކަމަށެވެ.

"ތިޔަ ކޯސް ހަދަން ޖެހޭ ނަމަ، މަޖިލިސް މެމްބަރުންނާއި ވަޒީރުންވެސް ކޯސް ހަދަން ވާނެ،" ނިޒާރު އެކްސް ގައި ވިދާޅުވެފައިވެއެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި، ސަރުކާރު ދިފާއު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މާލީ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިނގިރޭސި ބަހުން "ފިސްކަލް" ގެ ބަދަލުގައި "ފިޒިކަލް" އެތައް ފަހަރަކު ކިޔުއްވުމުން ސޯޝަލް މީޑިއާ ގައި ގިނަ ފަރާތްތަކަކުން އޭނާ އަށް ޓެގްކޮށް ރަނގަޅު ބަސް ވަނީ ފާހަގަ ކޮށްދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް