Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2025 | ހުކުރު 13:24
ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ފަށާއިރު ޕްރޮގްރާމްގައި ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވާހަކަދައްކަވަނީ
ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ފަށާއިރު ޕްރޮގްރާމްގައި ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ލާމަރުކަޒީ ގާނޫނު
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް
ރައީސް މުއިއްޒަކީ ވެސް ލާމަރުކަޒީ ނިޒާމުގެ ނިވަލުގައި ހުންނަވައިގެން ރައީސް ކަމަށް ވަޑައިގެންނެވި ބޭފުޅެއް
ގަވާއިދު ގެޒެޓް ކުރުމަށް އެލްޖީއޭއަށް އަދި ފިނޭންސްއަށް 30 ދުވަހުގެ މުއްދަތެއް ލިބޭ، ނަމަވެސް ވަނީ އިހުމާލުވެފައި
ލާމަރުކަޒީ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު 15 އޯގަސްޓްގައި ވަނީ ތަސްދީގު ކުރައްވާފައި

މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު 30 ދުވަހުގެ ތެރޭގައި ގެޒެޓްކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވާތީ ކޮލަމާފުށީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ފަށާއިރު ޕްރޮގްރާމްގައި ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވަނީ މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ވަހީދު ވިދާޅުވީ ޑރ. މުހައްމަދު ރައީސް މުއިއްޒަކީ ވެސް ލާމަރުކަޒީ ނިޒާމުގެ ނިވަލުގައި ހުންނަވައިގެން ރައީސް ކަމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. ވެރިކަމަށް ވަޑައިގެންނަވާ ކައުންސިލްތަކުގެ ބާރު ހަނި ކުރައްވައި، ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވި ނަމަވެސް އެކަން ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ.

ވަހީދު ވިދާޅުވީ ކައުންސިލަކުން ބޭކާރު ހަރަދުނުކުރާ ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި މަސައްކަތް ކުރާ ކަމަށެވެ. އަދި މާލޭގައި ހުންނަ މިނިސްޓްރީއަކުން މަސައްކަތް ކުރާ ގޮތާއި ހިލާފަށް ކައުންސިލްތަކުން މާރަނގަޅަށް މަސައްކަތް ކުރާ ކަމަށާއި، މާ ބޮޑަށް ޓްރާސްޕޭރަންޓު ވާނެ ކަމަށެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު 15 އޯގަސްޓް 2025 ގައި ރައީސް މުއިއްޒު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ.

އެއާއެކު ކައުންސިލްތައް އަމަލުކުރަންޖެހޭ ގޮތުގެ އުސޫލާ ގަވާއިދު ގެޒެޓްކުރަންޖެހޭ ކަމަށާއި، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އަދި ފިނޭންސް މިނިސްޓްރީއަށް 30 ދުވަހުގެ މުއްދަތެއް ލިބޭ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ގަވާއިދު ގެޒެޓްކޮށްފައިނުވާ ކަމަށާއި، ވަރަށް ބޮޑަށް މިކަމަށް އިހުމާލުވެފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

އަދި ހަމައެއާއެކު އަޅުގަނޑުމެން ފާހަގަކޮށްލަން މިކަހަލަ ފުރުސަތެއް ލިބުނީމަ މިގެނެވުނު 16 ވަނަ އިސްލާހުގައި މަޖިލީހުން ފާސްކުރިއިރުގައި 30 ދުވަހުގެ މުއްދަތެއް އެބަ ލިބޭ އެލްޖީއޭއަށާއި، ފިނޭންސް މިނިސްޓްރީއަށް އުސޫލުތައް ހަދާފައި އާއްމުކުރަން. އެއާ ގުޅޭ ގަވާއިދުތައް ހަދަން. އެހެންނަމަވެސް ގަވާއިދުތައް ހެދުމުގައި އިހުމާލުވެފައިވާކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން. މިއަދާ ހަމައަށް އައިރު ގަވާއިދު ހަދާފައި ގެޒެޓްކޮށްފައި ނުވޭ. އެހެންވީމަ ހަގީގަތުގައި ދިވެހި ރައްޔިތުންނަށް މި މުއްދަތަކީ ވެސް ހަމަ ބޭކާރުވެގެންދާ މުއްދަތެއް ކައުންސިލްތަކަށް މަސައްކަތް ކުރުމަށް. އެއީ ހަގީގަތުގައި ވަރަށް ބޮޑެތި އިހުމާލުތައް. އެހެން ނަމަވެސް ކައުންސިލް ފަހަތުގައި ސަރުކާރުން އުޅޭތަން މި ފެންނަނީ. ސަރުކާރު ހިންގުމުގައި މިހިނގާ މައްސަލަތަކުގައި ފިޔަވަޅެއް އެޅޭތަނެއް ނޫނިއްޔާ އޭގެ ވާހަކަ ދައްކާނެ ބައެއް ނެތް. ހަގީގަތުގައި ޓީވީތަކުން މިގެންނަނީ ރައީސް ވިދާޅުވާ ވާހަކަ. އެހެންވިމަ ހަގީގަތުގައި މިފަދަ ކަންކަން ތިލަވާން އެބަ ޖެހޭ ރައްޔިތުންނަށް. 30 ދުވަސްގެން ދިޔައިރުގައި ނެތް އެއަށް ގަވާއިދެއް ހަދާފައި. އެއާ ގުޅޭ އުސޫލުތަކެއް ހަދާފައި.

ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު

މި ބިލަކީ، 6 އޮގަސްޓު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މީގެ އިތުރުން 21 އޯގަސްޓް 2025 ގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހް ބާތިލު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީީ) އިން ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގައި ލާމަރުކަޒީ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫން ގެ 70 ވަނަ މާއްދާގެ (ޅ) ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާ އާއި 1-144 ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާތަކަކީ، ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ ހިލާފު މާއްދާތަކެއް ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، މި މާއްދާތަކުގެ ސަަބަބުން ގާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމަށް ލިބިދޭ ހައްގާއި، ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ މުދާ ހޯދައި ގެންގުޅުމުގެ ހައްގު ނިގުޅިގެން ދާތީ އާއި، މި މާއްދާތައް ފާސްކޮށްފައި ވަނީ، ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ހިލާފަށްކަމަށްވާތީ، އާއި މި އިސްލާހުގެ މި ދެ މާއްދާ ބާތިލުކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.

- ކޮމެންޓް