ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 14:43
ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިއްބައި ފިލާފައިވާ ބިދޭސީން
ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިއްބައި ފިލާފައިވާ ބިދޭސީން
އިމިގްރޭޝަން
ކަރެކްޝަންސް
ކަރެކްޝަންސްގެ ބަންދުގައި ތިބި ފަސް ބިދޭސީއަކު ފިލައިފި
ބިދޭސީން ފިލާފައި ވަނީ ބުރާސްފަތިދުވަހުގެ ރޭ 2:30 ހާއިރު
ބިދޭސީން ހޯދުމުގެ މަސައްކަތް ފުލުހުންވަނީ ފަށާފައި
ފިލާފައިވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޓިނުގަނޑެއް ހަލާކު ކޮށްލައިގެން

ކަރެކްޝަންސްގެ ބަންދުގައި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބި ފަސް ބިދޭސީ އަކު ފިލާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ލުގްމާން ރާއްޖެއެމްވީއަށް ވިދާޅުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ 5 ބިދޭސީން ފިލާފައި ވަނީ ބުރާސްފަތިދުވަހުގެ ރޭ 2:30 ހާއިރު ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބާފައި ތިއްބާ ކަމަށެވެ.

ލުގްމާން ވިދާޅުވީ ފިލާފައިވާ ފަސް ބިދޭސީންގެ ތެރެއިން ހަތަރު މީހަކީ ވިސާ ވަޔަލޭޝަންގެ މައްސަލައިގައި ފިލާފައިވާ މީހުން ކަމަށެވެ. އަނެއް މީހާ އެއީ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވިސާ ވަޔަލޭޝަންގެ މައްސަލާގައި ބަންދުކޮށްފައި ތިއްބައި ފިލި ހަތަރު މީހުންނަކީ އެމްޑީ އަބްދުލް މާޖިދު، އެމްޑީ މޯނިރް ހާން، އެމްޑީ އަލީ ހޮސައިން  އަދި ރިޕޯން އެވެ. އަދި މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަކްބަރް އަލީ އެވެ.

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ހުންނާނީ ޓިނު ފެންސެއް ޖަހާފައި ކަމަށާއި އެމީހުން ފިލީ އެތަނުން ޓިނުގަނޑެއް ހަލާކުކޮށްލައިގެން ކަމަށް ލުގުމާން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން މިހާރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ފަސް މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ލުގުމާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް