މިދިޔަ އަންގާރަ ދުވަހު ނ. މާޅެންދޫގައި ދަންޖެހިގެން މަރުވި އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖާ އޮތީ މޯޗަރީގައި ކަމަށާއި އަދި ވަޅުނުލާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މި މައްސަލައާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
މި ކުއްޖާގެ މަރާ މެދު ޝައްކުތަކެއް އުފެދޭތީ އިތުރު ޓެސްޓްތަކެއް ހެދުމަށް މާލެ ގެނެސްފައި ވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ވަޅުލާނީ ޓެސްޓްތައް ހެދުމަށް ފަހު ޓެސްޓުތަކުގެ ނަތީޖާ ލިބުމުންނެވެ.
މާޅެންދޫ ސްކޫލުގައި ކިޔަވަމުންދިޔަ އެކުއްޖާ ދަންޖެހިގެން މަރުވެފައި ވަނީ ބޫޓުގެ ނާޑުވާ ބޭނުންކޮށްގެން ކަމަށާއި ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުގައި ނާޑުވާ އައްސައި ދަންޖެހިގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ކުއްޖާ ދިރިއުޅުނު ގޭގައި އުޅެނީ އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން އޭނާއާ އެއްބަނޑުއެއްބަފާ އިތުރު ދެކުދިންނެވެ.