ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 06:54
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރު ކުރަނީ --
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރު ކުރަނީ --
އެމްޑީޕީ
މުޒާހަރާ
މާލެ ސިޓީ ކައުންސިލް މެމްބަރު އަޒްރާ އާއި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރު ކޮށްފި
މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައިވޭ

ބުރާސްފަތު ދުވަހުގެ ރޭ ހެންވޭރު މަޖީދީ މަގާއި ޖަނަވަރީ މަގު ކަންމަތީ ސަރަހައްދުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުން ރޫޅާލައި މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދުދާއިރާގެ މެމްބަރު އަޒްރާ މޫސާއާ އެކު އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާއްމުންގެ ބައެއް މީހުން ހައްޔަރު ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލް މެމްބަރު އަޒްރާ ހައްޔަރު ކޮށްފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފޭދޫ ދާއިރާގެ ރައީސް މުހައްމަދު ނިހާދާއި ޒިފްލީން ހަސަންގެ އިތުރުން ހަސަން އަހުމަދު (ހަސަންޓޭ) ހައްޔަރު ކޮށްފައިވާއިރު އަލީ ޝާމް ވެސް ހައްޔަރު ކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

މީގެ އިތުރުން ވެސް އެ އެއްވުމުގައި ބައިވެރިވި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ އެމީހުން ހައްޔަރު ކުރުމަށްފަހު އަތޮޅުވެއްސަ އެމީހުން ގެންގޮސްފައިވާ ކަމަށެވެ.

މި އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވޭތޯ އާއި އެމީހުންގެ މައުލޫމާތު އޮޅުންފިލުވުމަށް ފުލުހުންނަށް ގުޅުމުން ފޯނަށް ޖަވާބު ދީފައިނުވާތީ މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް