ކ. މާލެ
|
28 ޖޫން 2024 | ހުކުރު 13:55
ގައުމީ ގުރުއާން މުބާރާތެއްގެ ތެރެއިން
ގައުމީ ގުރުއާން މުބާރާތެއްގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ގައުމީ ޤުރުއާން މުބާރާތް
1029 ބައިވެރިންނާއެކު ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފަށަނީ
މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައި
119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރޭ

1029 ބައިވެރިންނާއެކު ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އަންނަ ހޮނިހިރު ދުވަހު ފަށާނެއެވެ.

މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެއެވެ. އެއީ 52 ސިޓީ/ސްކޫލުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިންނެވެ. މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލްގައެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00ން 10:30ށް މުބާރާތުގެ ކިޔެވުން ކުރިއަށްދާނެއެވެ. ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖަޢާކޮށް ގެނެވެން ހުރި ހެޔޮބަދަލުތައް ގެނައުމަށްފަހުއެވެ. އެގޮތުން ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލެވޭނެ ގޮތަށް ކިޔެވުން ތާވަލް ކުރެވިފައިވާނެއެވެ. އަދި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނައަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލު ކުރެވިފައެވެ.

މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ގާރީންނާއި ޙާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
މިނާ އާއި އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބެން ރަނގަޅު ތަންތަން ހޯދާނަމޭ ބުނި، ފެނުނީ ރެފިއުޖީ ކޭމްޕެއްގެ ސިފަ!
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު
ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު
ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނަ ހަފްތާގައި ފުރާނެ: އިސްލާމިކް މިނިސްޓްރީ
ފައިސާ ދެއްކުމުގައި ސަމާލުވޭ، ހުއްދަ ނެތް ގްރޫޕްތަކުން އުމްރާއަށް މީހުން ގެންދަނީ ''ސައޫދީ ޓުއަރ''ގެ ނަމުގައި
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާ ގުޅޭ އުސޫލަށް އަމަލުކުރަން ފަށައިފި
ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި
މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ގިނަ ފައިސާ ޚަރަދުކޮށްފައިވަނީ ކެންސަރު އެހީއަށް