ކ. މާލެ
|
28 ޖޫން 2024 | ހުކުރު 09:15
ފުވައްމުލަކުގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނަށް ހުރަސް އަޅައި މާރާމާރީ ހިންގަނީ
ފުވައްމުލަކުގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނަށް ހުރަސް އަޅައި މާރާމާރީ ހިންގަނީ
އެމްވީކްރައިސިސް
ޑްރަގް އޮޕަރޭޝަން
ފުވައްމުލަކުގައި ކުރިއަށްދާ އޮޕަރޭޝަންގައި 14 މީހުންނާއެކު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
14 މީހަކު ހައްޔަރުކުރި އިރު ފުލުހުންގެ ބެލުމުގެ ދަށުގައިތިބީ ފަސް މީހުން
760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވޭ

ފުވައްމުލައް ސިޓީގައި ކުރިއަށްދާ އޮޕަރޭޝަންގައި 14 މީހުންނާއެކު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީއަކީ މަސްތުވާތަކެތިން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި ‘’ވެށި ރައްކަލް'' ގެ ނަމުގައި އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ.

މެއި 1 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދާނެއެވެ.

އެގޮތުން، މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާއިރު 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައިތިބީ ފަސް މީހުންނެވެ.

އޭގެ އިތުރުން މި އޮޕަރޭޝަންގައި، މަސްތުވާތަކެތީގެ ތުހުމަތުގައި މި މަހު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ފުވައްމުލައް ސިޓީ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް