ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 23:50
ހައްޖާޖީން ފުރަނީ
ހައްޖާޖީން ފުރަނީ
ރާއްޖެއެމްވީ
ހައްޖު 1438
ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖަށްދާ އެންމެ ފަހު ގްރޫޕު މާދަމާ ފުރަނީ
ހައްޖު ކޯޕަރޭޝަނުން މާދަމާ 200 މީހުން ފުރާނެ
ހައްޖާޖީންގެ ހާލަތު ރަގަޅު
މިއަހަރު ރާއްޖޭއިން 1000 މީހުން ހައްޖަށްދޭ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖަށްދާ އެންމެ ފަހު ގްރޫޕު މާދަމާ ފުރާނެ ކަމަށް އެކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ފުރާ 700 މީހުންގެ ތެރެއިން މިރޭ ދަންވަރު ދާ ގްރޫފާއި އެކު 500 މީހުނަށް ސައުދީ އަރަބިއްޔާއަށް ދެވޭނެ ކަމަށެވެ.

ޔާމީން ވިދާޅުވީ، ބާކީ ތިބި ހައްޖާޖީން އޮގަސްޓް 11 ގައި ފުރާނެ ކަމަށެވެ. ބުރާސްފަތި ދުވަހު މެންދުރު ފަހު ފުރި ހައްޖާޖީންނަށް ސައުދީ އަރައްބިއްޔާއަށް ދެވޭނީ އެގައުމުގެ  ގަޑި ދަންވަރު 12:30 ގަ އެވެ. ރާއްޖޭ ގަޑިންނަމަ އެއީ 02:30 ގަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ފުރާފައި ވަނީ މިިދިޔަ އަންގާރަ ދުވަހުގެ ހަވީރުއެވެ.

މި ފަހަރު ހައްޖުވެރިން ތިބުމަށް ހަމަޖެހިފައި ވަނީ ހަރަމްފުޅާއި ކައިރި ސަރަހައްދެއްގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މިއަހަރު ރާއްޖެއިން 1,000 މީހުން ހައްޖަށްދާނެއެވެ. ހަތަރު ކުންފުންޏަކުން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. ހައްޖަށް މީހުން ގެންދިއުމަށް ހަމަޖެހިފައި ވަނީ ޒައީ ހައްޖު ގުރޫޕާއި ހަރަމައިން ހައްޖު ގުރޫޕާއި ސިސިލްފަރު ހައްޖު ގުރޫޕްގެ އިތުރުން ހައްޖު ކޯޕަރޭޝަނުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް