ކ. މާލެ
|
24 ޖޫން 2024 | ހޯމަ 18:17
ޙައްޖު 1445 - ހައްޖަށް އައި މީހުން ގަދަ ހޫނު ގައި ވަރަށް ދުރު ހިސާބުތައް ފައިމަގުގައި ކަޑައްތު ކޮށްފައިވޭ
ޙައްޖު 1445 - ހައްޖަށް އައި މީހުން ގަދަ ހޫނު ގައި ވަރަށް ދުރު ހިސާބުތައް ފައިމަގުގައި ކަޑައްތު ކޮށްފައިވޭ
މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާ / ×
ޙައްޖު 1445
މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި
ވަޒީރު ވިދާޅުވީ ގަދަ ހޫނުގެ ސަބަބުން ގިނަ ބަޔަކަށް ސިއްހީ މައްސަލަތައް ކުރިމަވި ކަމަށް.

މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި 1301 މީހުން މަރުވި ކަމަށް ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ.

ސައުދީގެ ސިއްހަތާބެހޭ ވަޒީރު ފަހްދު އަލް-ޖަލާޖަލް އާދިއްތަ ދުވަހު ސައުދީ އަރަބިއްޔާގެ ޓީވީ ގައި ދެއްކެވި ވާހަކަފުޅާއި ހަވާލާދީ އަލް އަރަބިއްޔާ އޮންލައިންގައި ބުނެފައިވަނީ ހައްޖުގައި މަރުވި މީހުންގެ 83 އިން ސައްތަ އަކީ ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު މީހުން ކަމަށެވެ.

ހައްޖުގައި ފޯރުކޮށްދޭ ގިނަ ވަސީލަތްތަކަކީ ހުއްދަ އާ އެކު ހޯދޭ ފަސޭހަ ތައް ކަމަށް ވުމާއެކު ހުއްދަނެތި ހައްޖުވާނަމަ ބޮޑެތި އިތުރު އުނދަގޫތަކެއް އުފުލަން ޖެހޭ ކަމަށް ވެއެވެ. އެގޮތުން ވަޒީރު ވިދާޅުވީ ހުއްދަ ނެތި ހައްޖަށް އައި މީހުން ގަދަ ހޫނު ގައި ވަރަށް ދުރު ހިސާބުތައް ފައިމަގުގައި ކަޑައްތު ކުރި ކަމަށް ބެލޭ ކަމަށެވެ.

ވަޒީރު ވިދާޅުވީ ގަދަ ހޫނުގެ ސަބަބުން ގިނަ ބަޔަކަށް ސިއްހީ މައްސަލަތައް ކުރިމަވި ކަމަށެވެ.

ސައުދީ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވީ ސިއްހީ މައްސަލަތަކުގައި ފަރުވާ ހޯދުމަށް އައި 465،000 މީހުންނަށް ހައްޖު ދުވަސްވަރު ފަރުވާ ދެވުނު ކަމަށާއި ފަރުވާ ހޯދި މީހުންގެ ތެރޭގައި ހައްޖުވުމުގެ ހުއްދަ ނެތް 141،000 މީހުންވެސް ހިމެނޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް