Advertisement
ކ. މާލެ
|
4 ނޮވެންބަރ 2025 | އަންގާރަ 11:35
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން
ރޮއިޓަރސް
ސައުދީ-އެމެރިކާ
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
ސައުދީ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މުޙައްމަދު ބިން ސަލްމާން އެމެރިކާ އަށް ވަޑައިގަންނަވާނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދަތުރުފުޅުގައި މުޙައްމަދު ބިން ސަލްމާން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް ވަޑައިގެން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، މި މަހުގެ ތެރޭގައި އެމެރިކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސައުދީ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މުޙައްމަދު ބިން ސަލްމާން އެމެރިކާ އަށް ވަޑައިގަންނަވާނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދަތުރުފުޅުގައި މުޙައްމަދު ބިން ސަލްމާން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް ވަޑައިގެން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

އެމެރިކާ އާއި ސައުދީ އިން ގާތް ގުޅުމެއް ބާއްވަމުން އަންނައިރު، ޓްރަމްޕް އަކީ ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި، އަދި ރިޔާސީ ދެ ވަނަ ދައުރުގައި ވެސް، ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންފައި ވަނީ ސައުދީ އަށެވެ.

ޓްރަމްޕް އާއި މުޙައްމަދު ބިން ސަލްމާންގެ ބައްދަލުވުމުގައި ދިފާއީ އަދި ޓެކްނޮލޮޖީގެ ދާއިރާ އިން ގިނަ އެއްބަސްވުން ތަކެއްގައި ދެ ޤައުމުން ސޮއި ކުރާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ސެމިކަންޑަކްޓާގެ ދާއިރާ އިން ވެސް މުހިންމު އެއްބަސްވުން ތަކެއްގައި ސޮއި ކުރާނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ސައުދީ އާއި އެމެރިކާ އިން ވަނީ 142 ބިލިއަން އެމެރިކާ ޑޮލަރުގެ މެމޮރެންޑަން އޮފް އަންޑަސްޓޭންޑިން ގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުން ތަކުގެ ތެރޭގައި އެމެރިކާގެ ދިފާއީ ދާއިރާ އަށް ސައުދީ އިން ކުރާނެ ބޮޑު އިންވެސްޓްމަންޓުތައް ވެސް ހިމެނެ އެވެެ.

އެމެރިކާ އާއި ސައުދީއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކުގެ މައުލޫމާތު ލިބިފައިވާ މަސްދަރު ތަކުން ދަ ވޯލް ސްޓްރީޓް ޖާނަލް އަށް މީގެ ކުރިން ބުނެފައި ވަނީ، އެމެރިކާގެ ކުންފުނި ތަކުން ސައުދީ އަރަބިއްޔާ އަށް ޒަމާނީ ސެމިކަންޑަކްޓާ ޗިޕްތައް އެކްސްޕޯޓު ކުރުމުގެ ހުއްދަ ދިނުމުގެ އެއްބަސްވުން ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ހިއުމެއިން، އަދި އެމެރިކާގެ ކޮލްކޮލް ޓެކްނޮލޮޖީސް އިން ވަނީ، ސައުދީ އަރަބިއްާގެ އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގެ ބައިނަލްއަޤުވާމީ މަރުކަޒަކަށް ހެދުމަށް ތާރީޚީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މި އިއުލާން ކޮށްފައި ވަނީ ސައުދީގެ ރިޔާދުގައި ބޭއްވި ނުވަ ވަަނަ އިންވެސްޓްމަންޓް އިނިޝިއޭޓިވް ފޯރަމްގެ ތެރެއިންނެވެ.

މިއީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ޓްރަމްޕް ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ސައުދީ-އެމެރިކާ އިންވެސްޓްމަންޓް ފޯރަމްގައި ފުރަތަމަ އިއުލާން ކުރި ކަންތައްތަކުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެއްކަން ފާހަގަ ކުރެވެ އެވެ.

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އެމެރިކާ އަށް ވަޑައިގަންނަވާއިރު، މިއީ ސައުދީ އާއި އެމެރިކާއާ ދެމެދު ގުޅުން ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މުހިންމު ދަތުރުފުޅަކަށް ވާނެ އެވެ. އަދި މި ދަތުރުފުޅުން ސައުދީ ވިޝަން 2030 ގެ ލަނޑު ދަނޑި ތަކަށް ވެސް ބޮޑު ތާއީދެއް ލިބިގެން ދާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް