ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 22:38
ސަޢުދި ޢަރަބިއްޔާގެ ދިދަ - ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ބުނެ ސައުދީގެ ބަޔާނުގައި އިޒްރޭލަށް ވަނީ އިންޒާރުކޮށްފަ
ސަޢުދި ޢަރަބިއްޔާގެ ދިދަ - ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ބުނެ ސައުދީގެ ބަޔާނުގައި އިޒްރޭލަށް ވަނީ އިންޒާރުކޮށްފަ
ރޮއިޓާސް
އިޒްރޭލުން ގަދަބާރުން ޔަހޫދީންނަށް ގެދޮރު އެޅުން
ހުޅަނގު އައްސޭރީގައި އިޒްރޭލުން ޔަހޫދީން އިތުރަށް ވަޒަންވެރި ކުރުވުމަށް ނިންމުމުން ސައުދީން އެކަން ކުށްވެރިކޮށްފި
އިޒްރޭލުގެ މި ނިންމުމުގެ ނަތީޖާ ގޯސްވާނެ ކަމަށާއި، ސަރަހައްދީ ސަލާމަތައް ނުރައްކާވާނެ ކަމަށްވެސް ސައުދީން ބުނެފައިވެއެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުން ގަދަބާރުން ޔަހޫދީންނަށް ގެދޮރު އަޅަން ނިންމުމުން ސައުދީ އަރަބިއްޔާ އިން އެކަން ކުށްވެރިކޮށްފިއެވެ.

އިޒްރޭލުގެ ކެބިނެޓުން މިދިޔަ ހަފްތާގައި ވަނީ އިޒްރޭލުން ގަދަ ކަމުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުން ފުޅާ ކުރަން ފާސްކޮށްފައެވެ.

ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ އެ ނިންމުމަކީ އިޒްރޭލުން ބައިނަލް އަގްވާމީ ގާނޫނުތަކާއި، ކަމާ ބެހޭ ގޮތުން ފާސް ކޮށްފައިވާ ގަރާރުތަކާއި ޚިލާފަށް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ބުނެ ސައުދީގެ ބަޔާނުގައި އިޒްރޭލަށް ވަނީ އިންޒާރުކޮށްފައެވެ.

އިޒްރޭލުގެ މި އަމަލުގެ ސަބަބުން ސުލްހަ އަށް ކުރެވޭ މަސައްކަތައް ހުރަސް އެޅި ހަމަ ނުޖެހުމަށް މަގުފަހިވެ، ސަރައްހައްދީ އަދި ބައިނަލް އަގްވާމީ ސަލާމަތައް ނުރައްކާތެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް ސައުދީ އަރަބިއްޔާ އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ފަލަސްތީނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާގެ ރަމްޒީ ޗެކް ފޮރިން މިނިސްޓްރީއާ ޙަވާލުކޮށްފި
"މި އަނިޔާގެ ހިތި ރަހަ ދައްކާލާނަން" – ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިޒްރޭލަށް!
ޚާން ޔޫނިސްގެ "ރައްކައުތެރި ސަރަހައްދު" އަކަށް އިޒްރޭލް ސިފައިން ވައިގެ މަގުން ހަމަލާދީ ފަލަސްތީނުގެ 12 މީހުން މަރާލައިފި
އިޒްރޭލް ޕާސްޕޯޓު މައްސަލައިގައި ސަރުކާރު ހޫނު ފެނަށް ވެއްޓުމުން، ހިލުވާލި ދަރަނި ދަންތުރައިގެ ވާހަކަ!
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
ޚާން ޔޫނިސްގެ ބޮޑު ބަޔަކުން ވަގުތުން މީހުން ހުސްކުރަން ޔަހޫދީ ސިފައިން އަމުރު ކޮށްފި
ހަތް މަސް ފަހުން އަލް-ޝިފާ ހޮސްޕިޓަލްގެ ވެރިޔާ އިޒްރޭލު ޖަލުން ދޫކޮށްލައިފި
ދަރިފުޅުގެ ކުރިމަތީގައި، ދިރިއޮތް މަންމަގެ ގައި މަތިން އިޒްރޭލުގެ ޓޭންކް ދުއްވާ ޗިސްކޮށްލައިފި