ކ. މާލެ
|
24 ޖޫން 2024 | ހޯމަ 12:16
މެޗުގައި ލަނޑު ޖެހުމަށްފަހު ނޫނޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ނޫނޭޒް އުފާ ފާޅު ކުރަނީ
ރޮއިޓާރސް
ކޮޕާ އެމެރިކާ 2024
އުރުގުއޭ އަށް ވެސް ވަރުގަދަ ފެށުމެއް
މޮޅާއެކު އުރުގުއޭ އިން ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުން.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ގައި ކުޅުނު ފުރަތަމަ މެޗުން އުރުގުއޭ މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ފަތިހު ގްރޫޕް ސީ ގައި އުރުގުއޭ އިން ވަނީ ޕަނަމާއާ ދެކޮޅަށް ކުޅުނު މެޗު 3-1ން ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އުރުގުއޭ އިން ވަނީ އެއް ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ފަހު ހާފުގައި ޖެހިއިރު، ޕަނަމާ އިން ވެސް ވަނީ ދެ ވަނަ ހާފުގައި ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ 16 ވަނަ މިނެޓުގައި އެމެރިކާ އަށް ލީޑު ނަގައިދިނީ މެކްސިމިލިއާނޯ އަރައުހޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މަތިއަސް ވިނާ އެވެ. ދެ ވަނަ ހާފުގައި، މެޗުގެ 85 ވަނަ މިނެޓުގައި އުރުގުއޭގެ ދެ ވަނަ ލަނޑު ޖެހީ ޑާވިން ނޫނޭޒް އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި އުރުގުއޭގެ ތިން ވަނަ ލަނޑު ޖެހީ ވިނާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ނިކޮލަސް ޑި ލާ ކްރޫޒް އެވެ. އޭގެ ތިން މިނެޓު ފަހުން މެޗުގައި ޕަނަމާގެ ހަމައެކަނި ލަނޑު ޖެހީ މައިކަލް މުރިލޯ އެވެ.

މޮޅާއެކު އުރުގުއޭ އިން ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އުރުގުއޭ އަށް ތިން ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އެމެރިކާ އަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. އުރުގުއޭގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ބޮލީވިއާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
100%
0%
0%
0%
0%
0%
ކޮމެންޓް