ކ. މާލެ
|
24 ޖޫން 2024 | ހޯމަ 12:15
މެޗުގައި ލަނޑު ޖެހުމަށްފަހު ހަންގޭރީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ހަންގޭރީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ހަންގޭރީން ގަދަ 16 ވަނަ ބުރުގެ އުންމީދު ހޯދައިފި
ތިން ވަނައިގައި ހަންގޭރީ އޮތީ ތިން މެޗުން ތިން ޕޮއިންޓު ހޯދައިގެން.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ހަންގޭރީން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ އުންމީދެއް ހޯދައިފި އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްކޮޓްލެންޑާ ދެކޮޅަށް އާދިއްތަ ދުވަހުގެ ރޭ ނިކުތްއިރު، ހަންގޭރީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ސްކޮޓްލެންޑު ވަނީ އެއް މެޗު އެއްވަރުކޮށް، ޕޮއިންޓެއް ހޯދައިފަ އެވެ. އެހެންވެ، ހުރިހާ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ތިން ވަނަ ޓީމުގެ ގޮތުގައި ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރެއްގެ ކުޅުމެއް ފެނުނު މެޗު ހަންގޭރީން ކާމިޔާބު ކުރީ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ، ކެވިން ސޮބޯތު އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ނަތީޖާ އާއެކު ހަންގޭރީން ވަނީ ގްރޫޕްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި ޖަރުމަނު އޮތް އިރު، ދެ ވަނައިގައި އޮތީ ސްވިޒަލެންޑެވެ. ތިން ވަނައިގައި ހަންގޭރީ އޮތީ ތިން މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. ޕޮއިންޓަކާއެކު ސްކޮޓްލެންޑު އޮތީ ގްރޫޕްގެ ފުލުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް