ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 11:38
ސްކޮޓްލެންޑު އަދި ޕޯޗުގަލް ކުޅުނު މެޗުގެ ތެރެއިން
ސްކޮޓްލެންޑު އަދި ޕޯޗުގަލް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ނޭޭޝަންސް ލީގު
ސްކޮޓްލެންޑުން ޕޯޗުގަލް ހިފަހައްޓައިފި
މެޗު އެއްވަރުވީއިރު، މި ގުރޫޕުގެ އެއް ވަނައިގައި އޮތީ ވެސް ޕޯޗުގަލް އެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު އެކެއްގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް އެއްވަރުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މިއީ ނޭޝަންސް ލީގުގައި ޕޯޗުގަލް އިން މޮޅެއް ނުހޯދި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. ސްކޮޓްލެންޑާ ދެކޮޅަށް ނިކުތްއިރު ޕޯޗުގަލް ވަނީ ގުރޫޕުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

ގުރޫޕުގެ ފުލުގައި އޮތް ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޕޯޗުގަލް އިން ވަނީ ލަނޑު ޖެހުމަށް ފުުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑިއޭގޯ ޖޮޓާ އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. މެޗުގައި ޕޯޗުގަލް އިން ވަނީ ސްކޮޓްލެންޑުގެ ގޯލަށް އަމާޒުކޮށް ހަތަރު ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މެޗު އެއްވަރުވީއިރު، މި ގުރޫޕުގެ އެއް ވަނައިގައި އޮތީ ވެސް ޕޯޗުގަލް އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ޕޯޗުގަލް އަތުން ހޯދި ޕޮއިންޓާ އެކު، ސްކޮޓްލެންޑު އޮތީ ހަތަރު މެޗުން އެއް ޕޮއިންޓާ އެކު މި ގުރޫޕުގެ ފުލުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް