ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު އެކެއްގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުން ކްރޮއޭޝިއާ ބަލިވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުން ކްރޮއޭޝިއާ ބަލިވެފައި ވަނީ 1-0 އިންނެވެ. މެޗުގައި ސްކޮޓްލެންޑުން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ކްރޮއޭޝިއާ އިންނެވެ. އެ ޓީމުން ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް މެޗުގައި ކްރޮއޭޝިއާ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، މެޗުގެ 44 ވަނަ މިނެޓުގައި އެ ޓީމުގެ ޕެޓާ ސުސިކް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ ބާކީ ބައި 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ކްރޮއޭޝިއާ ކޮޅަށް ސްކޮޓްލެންޑުން ލަނޑު ޖެހީ ދެ ވަނަ ހާފުގެ ވެސް އެންމެ ފަހު ވަގުތުގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ސްކޮޓްލެންޑަށް ލަނޑު ޖަހައިދިނީ ޖޯން މެކްގިން އެވެ.
ބައްޔާއެކު ކްރޮއޭޝިއާ އޮތީ ދެ ވަނައިގަ އެވެ. އެއި މިހާތަނަށް ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ކްރޮއޭޝިއާ އަތުން މޮޅުވި ސްކޮޓްލެންޑު އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާ އެކު މި ގުރޫޕުގެ އެންމެ ފުލުގަ އެވެ.