ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 17:58
ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ)
ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ)
ރާއްޖެ އެމްވީ
އިއްސެގެ މަރުގެ މައްސަލަ
އިއްސެ މަރާލި މައްސަލައިގެ ޝަރީއަތް ކެންސަލް ކޮށްފި
އިއްސެގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ ތިން ބިދޭސީންނަށް

ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ޝަރީއަތް ބުރާސްފަތި ދުވަހު ފެށުމަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު އިހަވަންދޫ އައިސް ޕްލާންޓުގެ ތެރޭގައި ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އިއްސެގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައި އޮތީ އިއްސެ މަރާލުމުގައި އެންމެ އިސްކޮށް އުޅުނު ސުމޮން މިއާގެ ޝަރީއަތެވެ. 

ސުމޮން މިއާ ވަނީ އިއްސެ މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފު ވެފަ އެވެ. އަދި އިއްސެއަށް ހަމަލާ ދިނުމަށް ބޭނުން ކުރި ވަޅި އާއި ހަމަލާދިން އިރު، ސުމޮން މިއާ ލައިގެން ހުރި އަންނައުނު ފުލުުހުން ހޯދި އެވެ.

އެ މައްސަލައިގައި ސުމޮން މިއާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މީހަކު މަރާލިކަން އެނގިހުރެ އެކަން ފޮރުވުމުގެ ކުށުގެ ދައުވާ އެވެ.

ސުމޮން މިއާ އަކީ އިއްސެއާއެކު އައިސް ޕްލާންޓުގައި މަސައްކަތް ކުރި މީހެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް