ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 11:30
އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ
އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ
ރާއްޖެއެމްވީ
އައްޑޫ މަސްވެރިންގެ މުޒާހަރާ
މިއީ މި ފަހުގެ ތާރީޚެއްގައި މި ރާއްޖެ އައި އެންމެ ހުދުމުހުތާރު ވެރިކަން: މަސްވެރިން
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ދެ މަސް ވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
ސަރުކާރުން ރާއްޖޭގެ ބޮޑު އާބާދީއެއް "ބަނޑަށް ޖައްސާފައި" ވާކަމަށްވެސް މަސްވެރިން ބުނޭ
މަސްވެރިކަމުގެ ސިނާއަތަކީ އިޤްތިސާދުގެ ދެވަނަ ބާރު

މިއީ މި ފަހުގެ ތާރީޚެއްގައި މި ރާއްޖެ އައި އެންމެ ހުދުމުހުތާރު ވެރިކަންކަމަށް އައްޑޫގައި އިޖުތިޖާޖު ކުރަމުންދާ މަސްވެރިން ބުނެފިއެވެ.

އައްޑޫ މަސްވެރިން ކުރަމުންދާ އިހުުތިޖާޖުގެ ތެރެއިން އާދިއްތަ ދުވަހު ރާއްޖެެޓީވީއަށް ދިން އިންޓަވިއުގައި މަސްވެރިން ބުނީ، މިއަދުގެ ސަރުކާރަށް ބަލާއިރު، މިއީ މި ފަހުގެ ތާރީޚެއްގައި މި ރާއްޖެ އައި އެންމެ ޚުދުމުހުތާރު ވެރިކަން ކަމަށެވެ.

އޭގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތަކީ އިޤްތިސާދުގެ ދެވަނަ ބާރަށްވާއިރު، މަސްވެރިންގެ ޙައްޤުތަކަށް އަރައިގަނެ ސަރުކާރުން ރާއްޖޭގެ ބޮޑު އާބާދީއެއް "ބަނޑަށް ޖައްސާފައި" ވާކަމަށްވެސް މަސްވެރިން ބުންޏެވެ.

ސަރުކާރަކީ ވަރަށް ހުދުމުހުތާރު، މި ފަހުގެ ތާރީޚެއްގައި ރާއްޖެ އައި އެންމެ ހުދުމުހުތާރު ވެރިކަން މިއީ، އެންމެ ހުދުމުހުތާރު ވެރިކަން މިއީ، މިއީ މިތާ ތިބި އެންމެންގެ ހައްގެއް ނޫން ހަމައެކަނި، މި ރާއްޖޭގައި ދެެވަނައަށް އެންމެ ބޮޑު އާބާދީ، ދެވަނައަށް އެންމެ ބޮޑު އިޤްތިސާދު ބަނޑަށް ޖައްސާފައި މި އޮތީ، ސަރުކާރުން ގަސްތުގައި އަހަރުމެންނަށް ލިބެން އޮތް ލާރި މުށުގެ ތެރެއަށް ލައިގެން.
އައްޑޫ މަސްވެރިން

ހަމައެއާއެކު، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާއި، ދައުލަތުން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރުމާއި، ސިޔާސީ މުވައްޒަފުންނަށް މުސާރައަށް ބޮޑު ހޭދައެއް ކުރުން ފަދަ ކަންކަން ސަރުކާރަށް ކުރެވޭއިރު، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ދެ މަސް ވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް މަސްވެރިން ބުންޏެވެ.

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ - ރާއްޖެއެމްވީ

ކަން މިހެން ހުރުމުން މިއަދުގެ ސަރުކާރަކީ ޤާނޫނީ ސަރުކާރެއްކަމަށް ޤަބޫލު ކުރަން ދަތިކަމަށްވެސް މަސްވެރިން ފާހަގަކުރިއެވެ.

މަސްވެރިން ވަނީ ޙައްޤު ހޯދުމަށް ރާއްޖޭގެ ހުރިހާ މަސްވެރިންނާއި، ސިޔާސީ ޕާޓީތަކާއި، ޤާނޫނީ ވަކީލުންގެ އިތުރުންވެސް އިތުރު ފަރާތްތަކުން ނުކުތުމަށް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް