ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 11:12
އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ
އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ
ރާއްޖެއެމްވީ
އައްޑޫ މަސްވެރިންގެ މުޒާހަރާ
ހަވީރު 4:00ށް މަސްވެރިންގެ ކަންބޮޑުވުންތަކަށް ޖަވާބެއް ނެތްނަމަ، އައްޑޫ މަސް ފެކްޓަރީން ކަރަންޓު ކަނޑާލަނީ
މަސްވެރިންނަށް ފައިސާ ނުދޭތާ 2 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައި
އެންމެ ކުޑަމިނުން 15 ދުވަސް ތެރޭގައި ފައިސާ ދޭނެކަމުގެ ޔަޤީންކަމެއް މަސްވެރިން ބޭނުންވޭ
މައިގަނޑު ޑިމާންޑަކީ ފިޝަރީޒް މިނިސްޓަރު ވަޑައިގެން މަސްވެރިންނާ ބައްދަލު ކުރެއްވުން

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުލިބޭކަމުގައިވާނަމަ، އައްޑޫ މަސް ފެކްޓަރީން ކަރަންޓު ކަނޑާލައި، މަސްވެރިން އެތަނާ ޙަވާލުވާނެކަމަށް މަސްވެރިން ބުނެފިއެވެ.

އިހުތިޖާޖު ކުރަމުންދާ މަސްވެރިން ރާއްޖެޓީވީއާ ވާހަކަ ދައްކަމުން ބުނީ، އާދިއްތަ ދުވަހުގެ ހަވީރު 4:00 އާ ހިސާބަށް ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުލިބޭކަމުގައިވާނަމަ، އައްޑޫ މަސް ފެކްޓަރީން ކަރަންޓު ކަނޑާލައި، އެތަނުގެ މުވައްޒަފުން ނެރުމަށްފަހު މަސްވެރިން އެތަނާ ޙަވާލުވާނެ ކަމަށެވެ.

މަސްވެރިން މިވަގުތު ސަރުކާރަށް ކުރަމުންދާ މައިގަނޑު ޑިމާންޑަކީ ފިޝަރީޒް މިނިސްޓަރު ވަޑައިގެން މަސްވެރިންނާ ބައްދަލު ކުރެއްވުމާއި، އެންމެ ކުޑަމިނުން 15 ދުވަސް ތެރޭގައި ފައިސާ ދޭނެކަމުގެ ޔަޤީންކަމެއް ދެއްވުމެވެ.

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ - ރާއްޖެއެމްވީ

އޭގެ އިތުރުން މަސްވެރިންނަށް ފައިސާ ނުދޭތާ 2 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ފައިސާ ދޭނެ ކަމުގެ ޔަޤީންކަމާއި ދޭނެ ދުވަހެއްވެސް މަސްވެރިން ބަލަން ބޭނުންވެއެވެ.

2 މަހާއި 17 ދުވަސްވީއިރު ދޭން ހުރި ލާރި ދޭނެ ދުވަހަކާއި ދޭނެ ކަމުގެ ޔަޤީންކަމެއް މަސްވެރިން ބޭނުންވަނީ
އައްޑޫ މަސްވެރިން ދެއްކި ވާހަކަ

އޭގެ އިތުރުން، މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ނުލިބޭކަމުގައިވާނަމަ، ރައީސާ ހަމައަށް ގޮސްގެންވެސް އަޑުއުފުލަން ތައްޔާރަށް ތިބިކަން މަސްވެރިން ފާހަގަކުރިއެވެ.

އޭގެ އިތުރުން މަސްވެރިން ވަނީ ފުލުހުން ގެނެސްގެން ހަމަނުޖެހުން އުފައްދަން މަސައްކަތް ނުކުރުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ.

ރާއްޖެޓީވީއަށް އިންޓަވިއު ދިން ބައެއް މަސްވެރިން ބުނި ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި މަސްވެރިންނާމެދު އެންމެ ހުދުމުހުތާރުކޮށް އަމަލުުކުރި ސަރުކާރެވެ.

ކޮމެންޓް