ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން އައި ކުޑަ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ގދ. ފިޔޯރީ އިން 8 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 7:09 އެހާއިރު ކަމަށެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ ކުދަ ކުއްޖާ ފެނުނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅުން ހުރި އިތުރު ތަފްސީލްތައް ހިއްސާކޮށްފައެއް ނުވެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
