ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 00:49
ހުޅުމީދޫގައި ހުންނަ މިފްކޯ ފެކްޓަރީގައި މަސްވެރިން މުޒާހަރާކުރަނީ
ހުޅުމީދޫގައި ހުންނަ މިފްކޯ ފެކްޓަރީގައި މަސްވެރިން މުޒާހަރާކުރަނީ
ކެޔޮޅަގެ ދިޔެ
އައްޑޫގެ މަސްވެރިންގެ މުޒާހަރާ
އައްޑޫގެ މަސްވެރިންގެ މުޒާހަރާ އާއި ގުޅިގެން ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ނުހިނގާ ކަމަށް ބުނެ ފުލުހުންގެ ބަޔާނެއް!
ފުލުހުން ވަނީ ފުލުހުންނަށް މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުން ދިނުމަށް އެދިފަ
މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް އެ މުޒާހަރާއިން ހުރަސް އެޅޭތީ، އެކަން ހައްލުކުރުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ

އައްޑޫގެ މަސްވެރިންގެ މުޒާހަރާ އާއި ގުޅިގެން ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އައްޑޫގެ މަސްވެރިން ދަނީ މަސްވެރިންނަށް ފައިސާ ދޫކުރުން ލަސްވާތީ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސް އަށް ގޮސް، އެ ތަނުގައި މަސްވެރިން ވަނީ މުޒާހަރާކޮށްފައެވެ.

އެ މުޒާހަރާ އާއި ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ މަސްވެރިން އައްޑޫ ސީޓީގައި ކުރަމުންދާ އިޙުތިޖާޖު، ސުލްޙަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދެމުންދާނެ ކަމަށެވެ.

އަދި މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް އެ މުޒާހަރާއިން ހުރަސް އެޅޭތީ، އެކަން ހައްލުކުރުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ފުލުހުންނަށް މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުން ދިނުމަށް އެ ބަޔާނުގައި އެދިފައެވެ. އަދި މަސްވެރިން ކުރަމުންދާ މުޒާހަރާގައި ޤާނޫނާ ޤަވާއިދާ ޚިލާފު ޢަމަލެއް ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފުލުހުން އަމަން ޤާއިމުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދޭކަމަށެވެ.

Advertisement

ހަމައެހެންމެ އިޙުތިޖާޖުކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި، އެއްވެ އުޅުމާ ޚިޔާލު ފާލުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ ޤަވައިދުތަކުގެ ހުދޫދުގެ ތެރެއިން، މަސްވެރިންގެ ކަންވޮޑުވުންތަކާ ޝުޢޫރުތައް ފާޅުކުރުމަށް އެއްބާރުލުން ދޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން މަސްވެރިންނަށް އެއްބާރުލުން ދޭނީ ފުލުހުންގެ ސެކިއުރިޓީ ލައިން ޤާއިމުކޮށްގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ވަނީ މިފަދަ އިޙުތިޖާޖުތަކުގައި އާއްމު މައްސަލަހަތު އިސްކުރުމަށް އެދިފައެވެ.

ހުކުރު ދުވަހުން ފެށިގެން މަސްވެރިން އައްޑޫގައި މުޒާހަރާކުރަމުންދާއިރު، މުޒާހަރާ ކުރަމުންދާ މަސްވެރިން ބުނަމުންދަނީ މަސްދޯނިތަކުން ކިރާ މަހަށް ލިބެން ޖެހޭ ފައިސާގެ އަދަދަށް ބަލާއިރު ކޮންމެ ދޯންޏަކަށް މިލިއަނުން ފައިސާދޭން އެބަހުރި ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ދޯންޏަކަށް ވެސް ދެމުންދަނީ ލައްކައެއްހާ ރުފިޔާ ކަމަށާއި، އެ ފައިސާ ފަޅުވެރިންނަށް ބަހާލުމުން، ގޭގެ ކޮއްތުބިލު ދެއްކުމަށްފަހު ދެން ބާކީ އެހެންކަމަކަށް ކުރާނެ ހަރަދު ކުރާނެ ފައިސާއެއް ނުހުންނަ ކަމަށެވެ.

އައްޑޫގެ މަސްވެރިން ދަނީ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އާއި ބައްދަލުކުރުމަށް ޑިމާންޑުކުރަމުންނެވެ. އެހެންނަމަވެސް އެ ޑިމާންޑަށް މިހާތަނަށް މިނިސްޓަރ އިޖާބަދެއްވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް