ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 17:20
މެމްބަރު، އަމީތާއި ވަހީދާއި، ސައުުދު
މެމްބަރު، އަމީތާއި ވަހީދާއި، ސައުުދު
އިސްމާއިލް ނާއިލް ނަޝީދު
މެމްބަރު ވަހީދު އާއި އަމީތު
އަމީތާއި ސައުދާއި ވައްޑެއާ މެދު އަމަލު ކުރަނީ އިހާނެތިކޮށް ، ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް : ވަކީލުން
ވަހީދުގެ ބަންދަށް އިތުރުކުރި 15 ދުވަސްވީއިރުވެސް އިސްތިއުނާފު ނުފެށުނު
ސާފު ބޯފެން ލިބެނީ ޑޮކްޓަރު ލިޔެފައިދޭ ބޭހެއް ފަދައިން

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ބަންދުގައި ބަހައްޓައިގެން އެމީހުންނާމެދު  ސަރުކާރުން އަމަލު ކުރަނީ ވަރަށް އިހާނެތިކޮން ކަމަށް ވަކީލުން ބުނެފި އެވެ.

 

ވަހީދާއި އަމީތާއި ސައުދުގެ ގާނޫނީ ވަކީލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތިން މެމްބަރުންނާ މެދު ފުލުހުންނާއި ކޯޓުން އަމަލު ކުރަމުންދާ ގޮތާއި މެދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

 

އަމީތުގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ ދޫނިދޫގައި ބަހައްޓާފައިވާ ގޮޅީގެ އިންތިޒާމްތައް ހުރީ ވަރަށް ދެރަކޮން ކަމަށެވެ. އަދި ފާހަގަ ކުރެވެނީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ވުރެ ކުށުގެ ތުހްމަތުގައި ތިބޭ މީހުންނާމެދު އަމަލުކުރަމުންދާ ގޮތް ގޯސް ކަމަށެވެ.

 

ސައުދާއި އަމީތާއި ވައްޑެއާ މެދު ދައުލަތުގެ އެކި މުއައްސަސާތަކުން ބޭ އިންސާފުން އަމަލު ކުރަމުންދާ ގޮތުގެ މައްސަލަ ދައުލަތުގެ އެހެނިހެން ކަމާ ގުޅުންހުރި ހުރިހާ މުވއައްސަސާތަކަށް އާއިލާ އާއި ވަކީލުންގެ ފަރާތުން ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް އެތަން ތަނުން  ލިބިފައިނުވާ ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ.

 

 

"ހިއުމަން ރައިޓްސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށާއި ޕްރޮސެކިއުޓާ ޖެނަރަލްއަށާއި ސުޕްރީމް ކޯޓަށާއި މިހެންގޮސް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ ސިޓީތަކެއް ފޮނުވާފައި. އެ މުއައްސަސާތަކަށް އެ މުއައްސަސާއަކާ ގުޅުންހުރި ކަމަކާ ގުޅޭ ގޮތުން. ހިތާމައަކީ މިހާތަނަށްވެސް އެއިން އެއްވެސް މުއައްސަސާއަކުން އެއްވެސް ޖަވާބެއް ދެއްވާފައިނުވާކަން،" އޭނާ ވިދާޅުވި އެވެ.

 

އެ މެމްބަރުން ތިބި ގޮޅިއަކީ އިންސާނުން ތިބެން އެކަށީގެންވާ ތަނެއް  ތޯ އެޗްއާރުސީއެމް އިން ކަށަވަރު ކުރުމަށް އަލީ ޒާހިރު ވަނީ  ގޮވާލާފަ އެވެ.

 

ސައުދުގެ ވަކީލް އަލީ ޝާހް ވިދާޅުވީ ސައުދު ބަންދުކޮށްފައި ހުރީ ފިލާފާނެތީ ކަމަށް ފުލުހުން ބުނާއިރު އޭނާގެ ޕާސްޕޯޓް ހިފަހައްޓާފަ އޮއްވާ ފިލައިގެންދާނެ ގޮތެއް ނުވިސްނޭ ކަމަށެވެ. އަދި ސައުދު ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ގާނޫނީ ހަމައެއް ފުލުހުންނަށް ދެއްކިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ވަހީދުގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ ތިން މެމްބަރުން ވެސް ހައްޔަރު ކޮށްފައިވަނީ މެމްބަރުން ނޫން ކަމަށް ބަލައިގެން ކަމަށްވާތީ މެމްބަރުން ހައްޔަރު ކުރުމަށް އަމަލު ކުރާ ގޮތަށް އެމީހުންނާމެދު އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި ވައްޑެ ބަންދަށް 15 ދުވަސް އިތުރުކޮށް އެ މުއްދަތު ހަމަވެގެން އިތުރު ހަތަރު ދުވަސް ޖަހާފައިވާއިރު 15 ދުވަހުގެ ބަންދުގެ އިސްތިއުނާފުގެ އަޑުއެހުންތައް އަދިވެސް ނުފަށާކަން އޭނާ ފާހަގަ ކުރެއްވި އެވެ. ވައްޑެވެސް ބަހައްޓާފައި ހުންނަނީ ވަކިން ގޮޅިއެއްގައި ކަމަށާއި ސާފު ބޯފެން ހަމަ ޖެހުނީ ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރު އެންގުމުން ކަމަށް ވަކީލު ވިދާޅުވިއެވެ.

 

"ދޫނިދޫގައި ތިބި އެންމެންގެ ހާލަތަކީ ވެސް އެއީ. ޑޮކްޓަރަށް ދައްކައިގެން ސާފު ބޯފެން ދޭން އަންގައިފި ކަމަށް ވާނަމަ ސާފު ބޯފެން މި ލިބެނީ. އެއީ ޑޮކްޓަރު ދޭ އެހެނިހެން ބޭސް ލިޔެގެން ލިބޭ  ފަދައިން. ރަނގަޅު ކެއުން ލިބެނީ ޑޮކްޓަރު އެކަމަށް އިރުޝާދު ދިނީމަ،" މަހްފޫޒު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް