ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 18:38
ޣައްޒާގައި ޝަހީދުކޮށްލެވުނު މީހެއްގެ ހަށިގަނޑު ގެންދަނީ (ފައިލް ފޮޓޯ)
ޣައްޒާގައި ޝަހީދުކޮށްލެވުނު މީހެއްގެ ހަށިގަނޑު ގެންދަނީ (ފައިލް ފޮޓޯ)
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ފާއިތުވި 24 ގަޑީއިރު ތެރޭ އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގައި 101 މަރު، 169 މީހުން ޒަޚަމް
މިއީ ނުސީރަތު ރެފިއުޖީ ކޭމްޕަށް ޖޫން 8 ވަނަ ދުވަހު އިޒްރޭލު ސިފައިން ދިން ހަމަލާގެ ފަހުން އެންމެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑް ކުރެވުނު 24 ގަޑީއިރު ކަމަށް ރިޕޯޓްތައް ބުނޭ.

ފާއިތުވި 24 ގަޑީއިރު ތެރޭ ގާޒާ އަށް އިޒްރޭލް ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 101 މީހުން މަރުވެ 169 މީހުން ޒަޚަމް ވެއްޖެއެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ބުނީ އިޒްރޭލުގެ ހަމަލާގެ ސަބަބުން އެތައް ބައެއްގެ ހަށިތައް ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލޭ ކަމަށެވެ. މިހާތަނަށް މީހުން ހޯދުމަށް ހަރަކާތްތެރިވާ މީހުންނަށް ފުނޑުވެފައިވާ އިމާރާތްތަކުގެ އެންމެ އަޑިއަށް ނުފޯރާ ކަމުގައެވެ.

މިއީ ނުސީރަތު ރެފިއުކީ ކޭމްޕަށް ޖޫން 8 ވަނަ ދުވަހު އިޒްރޭލު ސިފައިން ދިން ހަމަލާގެ ފަހުން އެންމެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑް ކުރެވުނު 24 ގަޑީއިރު ކަމަށް ރިޕޯޓްތައް ބުނެއެވެ. ރަހީނު ކޮށްފައިވާ 4 އިޒްރޭލު މީހުން ސަލާމާތް ކުރަން ކަމަށް ބުނެ ނުސީރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލް ސިފައިން ދިން ހަމަލާގައި 274 ފަލަސްތީނު މީހުން ވަނީ މަރުވެފައެވެ.

އަލް-މަވާސީ ކޭމްޕް ގައި ރެޑްކްރެސެންޓް އޮފީސް ހުންނަ ސަރަހައްދަށް ހުކުރު ދުވަހު ދިން ހަމަލާގައި 25 މީހުން މަރުވެ 50ށް ވުރެ ގިނަ މީހުން ޒަޚަމް ވެފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައިވެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުނީ، ފުރަތަމަ ހަމަލާގެ އަޑުފައްގަނޑަށް ފޭލިގެ ތަކުން މީހުން ބޭރަށް ނުކުތުމުން، އެމީހުނަށް އަމާޒު ކޮށް ދެވަނަ ހަމަލާ އިޒްރޭލު ސިފައިން ދިން ކަމަށެވެ.

ރެޑް ކްރޮސް އިން ވަނީ އިޒްރޭލުގެ މި ހަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ރެޑް ކްރޮސް އިން ބުނީ އިޒްރޭލް ސިފައިންނަށް އިންސާނީ އެހީތެރިކަން ދިނުމަށް ރެޑް ކްރޮސް އިން ހިންގާ އޮފީސް ހުރިކަން އެނގި ހުރެ ދިން ހަމަލާއެއް ކަމަށެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް އިޒްރޭލު ސިފައިން ހަމަލާ ދިނީ ކުރިން އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުއްލިއަކަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް