ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 15:00
ސިނަމާލޭ ބްރިޖުގެ މަންޒަރެއް
ސިނަމާލޭ ބްރިޖުގެ މަންޒަރެއް
ރާއްޖެއެމްވީ
އެކްސިޑެންޓުތައް ހިނގުން
ސައިކަލެއް ކަހާލައިގެން ވެއްޓި ބްރިޖުގެ ފެންސްތަކުގައި ޖެހުނު ޙާދިސާގައި އަނިޔާވި މީހާ މަރުވެއްޖެ
މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން
މި ޙާދިސާގައި ނިޔާވެފައިވަނީ ސްރީލަންކާ ފިރިހެނެއް

ސައިކަލެއް ކަހާލައިގެން ވެއްޓި ބްރިޖުގެ ފެންސްތަކުގައި ޖެހުނު ޙާދިސާގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ހައިވޭގެ މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހި ޙާދިސާއެއް ހިނގައިގެން އުޅޭކަމަށް ޖޫން 21 ވަނަ ދުވަހުގެ ހެނދުނު 6:40 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި ޙާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެމީހާ މަރުވެފައިވާ ކަމަށް އޭޑީކޭ އިން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ޙާދިސާގައި މަރުވެފައިވަނީ ސްރީލަންކާ ފިރިހެނެކެވެ.

މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.

- ކޮމެންޓް