ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 10:58
ޕެރޫ އާއި ޗިލީ ކުޅުނު މެޗުގެ ތެރެއިން
ޕެރޫ އާއި ޗިލީ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ
މި ގްރޫޕުގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް އެއް މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުން މޮޅުވެ އެއް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ގްރޫޕް އޭ ގައި ޕެރޫ އާއި ޗިލީ ބައްދަލު ކުރި މެޗު އެއްވަރުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ފަތިހު އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މެޗުގައި ޗިލީން ރަނގަޅަށް ކުޅެފައިވާއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. މެޗުގައި ޗިލީ އަށް ލަނޑު ޖަހަން އެންމެ އެކަށީގެންވާ ފުރުސަތެއް ލިބުނީ އެލެކްސިސް ސަންޗޭޒް އަށެވެ. ޕެރޫގެ ގޯލު އޭރިޔާ ތެރެއިން ލިބުނު ބޯޅަ ސަންޗޭޒް ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އޭގެ ފަހުން ޗިލީގެ ބެން ބްރެޓަން ޑިއާޒް ބޮލުން ފޮނުވާލި ބޯޅައެއް ވެސް ދިޔައީ ޕެރޫގެ ގޯލު ދަނޑި މަތިން ބޭރަށެވެ. މެޗުގައި ޕެރޫ އިން ވެސް ވަނީ ލަނޑު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. އެ ޓީމުގެ ޖިއަންލުކާ ލަޕަޑުލާ ފޮނުވާލި ބޯޅައެއް ޗިލީގެ ގޯލު ކީޕަރު ކްލައުޑިއޯ ބްރާވޯ މަތަކުރިއިރު، އަނެއް ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި ގްރޫޕުގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް އެއް މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުން މޮޅުވެ އެއް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އެވެ. ދެ ވަނައިގައި ޗިލީ އޮތްއިރު، ތިން ވަނައިގައި އޮތީ ޕެރޫ އެވެ. ޕޮއިންޓެެއް ނުލިބި ފުލުގައި އޮތީ ކެނެޑާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް